18 ނޮވެމްބަރ 2023
ބަރަންކީލާ (ނޮވެމްބަރު 18) - ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ހެނދުނު ކޮލަމްބިއާ އިން 2-1 އިން ބްރެޒިލް ބަލިކުރަން ލުއިސް ޑިއާޒް ދެ ގޯލު ޖަހުމުން، އޭނާގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައިފި އެވެ.
ބަރަންކީލާ (ނޮވެމްބަރު 18) - ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ހެނދުނު ކޮލަމްބިއާ އިން 2-1 އިން ބްރެޒިލް ބަލިކުރަން ލުއިސް ޑިއާޒް ދެ ގޯލު ޖަހުމުން، އޭނާގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައިފި އެވެ.
ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ލިބަރަލް އާމީ (އީއެލްއެން) "އޮޅުމަކުން" ކަމަށް ބުނެ މިދިޔަ މަހުގެ ޑިއާޒްގެ މައިންބަފައިން ރަހީނު ކުރިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ މަންމަ ދޫކޮށްލި އެވެ. އަދި މީގެ ހަފްތާއެއް ކުރިން ބައްޕަ ދޫކޮށްލާފައި ވާއިރު، ގައުމީ ޓީމާ ގުޅެން ކޮލަމްބިއާ އަށް ގޮސް ޑިއާޒް ވަނީ މިދިޔަ އަންގާރަ ދުވަހުއޭނާގެ ބައްޕައާ ބައްދަލުކޮށްފަ އެވެ.
ޑިއާޒް ވަނީ ބްރެޒިލްއާ ދެކޮޅަށް ފުލްކޮށް ކުޅެފަ އެވެ. އެ މެޗުގެ ހަތަރުވަނަ މިނިޓުގައި އާސެނަލް އަށް ކުޅޭ ގެބްރިއެލް މާޓިނެއްލީ ކާމިޔާބުކުރި ގޯލުން ބްރެޒިލުން މެޗު ލީޑޫ ކުރަމުން ދަނިކޮށް ކޮލަމްބިއާ މޮޅުވީ މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ހަތަރު މިނިޓުތެރޭ ޑީއާޒް ބޮލުން ޖަހައިދިން ދެ ގޯލުންނެވެ.
ޑިއާޒް ކޮލަމްބިއާ އަށް ނަތީޖާ އެއްވަރު ކޯށްދިނީ 75 ވަނަ މިނިޓުގަ އެވެ. އަދި ލީޑު ނަގައިދިނީ 79 ވަނަ މިނިޓުގައި ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހުރަހަކުންނެވެ.
މިއީ ޑިއާޒް ގައުމީ ޓީމަށް ކުޅެދިން 44 ވަނަ މެޗުން ކާމިޔާބުކުރި 11 ވަނަ ގޯލެވެ.
— ✪ (@giomedia00) November 17, 2023
ޑިއާޒްގެ ގޯލުތަކާ އެކު، ކޮލަމްބިއާ ޖޯޒީ ލައިގެން މެޗު ބަލަން ދަނޑުގައި އިން އޭނާގެ ބައްޕަ އުފާފާޅު ކުރި ވަގުތު ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހުނު މަންޒަރު ޓީވީ ފޫޓޭޖްތަކުން ފެނުނެވެ.
"ހެއްދެވި ފަރާތަށް ޝުކުރުކުރަން. އެފަރާތުގެ އެހީއާ ނުލައި މި ކަންކަން ކާމިޔާބެއް ނުވާނެ. ވަރަށް ބައިވަރު އުނދަގޫ ހާލަތްތަކެއްގެ ތެރޭން އަހަރެމެން ދިރިއުޅުމުގައި ކަންކަން ދަސްކުރަނީ، އެއިން ކުރިއަށް ދާން ހިތްވަރު ހޯދަނީ. ފުޓްބޯޅައަކީ ހަމަ އަހަރެމެންގެ ދިރިއުޅުން. މިއީ އަހަރެމެންނަށް ހައްގު މޮޅެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ޑިއާޒް ބުންޏެވެ.
ޑިއާޒް ގޯލު ޖެހުމުން ކެޕްޓަން ރޮޑްރިގޭޒް އޭނާ އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޑިއާޒް ގޯލު ޖެހިއިރު އިދިކޮޅު ގޯލު ބެލެހެއްޓީ އޭނާއާ އެކު ލިވަޕޫލަށް ކުޅޭ އެލިސަން ބެކާ އެވެ. އޭނާ ވަނީ މެޗަށް ފަހު ޑިއާޒްގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.
"އޭނާއަކީ އަހަރެންގެ ރަހުމަތްތެރިއެއް. އޭނާ ވަރަށް ބައިވަރު ކަންކަން ތަހައްމަލް ކޮށްފި މި ދުވަސްކޮޅު. މިއީ ފުޓްބޯޅައަށް ވުރެ މުހިއްމު ކަންކަން. މިއީ އޭނާއަށް ހައްގު ކާމިޔާބެއް،" ބްރެޒިލްގެ ކީޕަރު އެލިސަން ބުންޏެވެ.
ކޮލިފައިންގައި އާޖެންޓީނާ ވަނީ އިއްޔެ އަމިއްލަ ގައުމުގައި އުރުގުއޭއާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވެފަ އެވެ.
މިއީ ލިއޮނެލް މެސީގެ މޮޅު ކުޅުމާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ، އެ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ވީ ބައްޔަށް ފަހު ކުރިމަތިވީ ފުރަތަމަ ނާކާމިޔާބެވެ. މެސީ ވަނީ ކެޕްޓަން ބޭންޑް އަޅައިގެން އުރުގުއޭއާ ދެކޮޅަށް ފުލްކޮށް ކުޅެފަ އެވެ.
އުރުގުއޭ އަށް ލީޑު ނަގައިދިން ގޯލު ޖެހި އަރައުހޯ، މެސީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕަށް ފަހު މިއަހަރު މެއި މަހު އުރުގުއޭއާ ހަވާލުވި ކޯޗު މާސެލޯ ބިއެލްސާއާ އެކު އެގައުމުން ވަނީ ކޮލިފައިންގައި މިދިޔަ މަހު ބްރެޒިލް ވެސް ބަލިކޮށްފަ އެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އުރުގުއޭއަށް ފުރަތަމަ ގޯލު ޖަހައިދިނީ ބާސެލޯނާއަށް ކުޅޭ ރޮނާލްޑް އަރައުހޯ އެވެ. އަދި މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ދެވަނަ ގޯލު ޖަހައިދިނީ ލިވަޕޫލަށް ކުޅޭ ޑާވިން ނޫނޭޒް އެވެ.
މި ނަތީޖާއާ އެކު ވެސް 10 ޓީމު ހިމެނޭ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ގުރޫޕުގައި އެއްވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާ އެވެ. ދެ ޕޮއިންޓް މަދުން ހޯދައިގެން އުރުގުއޭ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ ކޮލަމްބިއާ އެވެ.
ބްރެޒިލް އޮތީ ހަތް ޕޮއިްނޓާ އެކު ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި އޮތީ ބްރެޒިލް އަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިފައިވާ ވެނިޒުއޭލާ އެވެ.
ހަވަނައިގައި އޮތީ ފަސް ޕޮއިންތް ހޯދާފައިވާ އިކުއެޑޯ އެވެ. އިކުއެޑޯ އިން ދެ މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރު ކޮށްފައި ވީ ނަމަވެސް، މިދިޔަ ވޯލްޑް ކަޕް ކޮލިފައިންގައި އެޓީމަށް ކުޅުނު ބައިރޯން ކަސްޓިލޯގެ އުފަންދުވަހުގެ ސެޓްފިކެޓް އޮޅުވާލި ކަމުގެ ތުހުމަތުގައި އެޓީމު އަތުން ވަނީ ތިން ޕޮއިންޓް އުނިކޮށްފަ އެވެ.
ހަތްވަނައިގައި އޮތް ޕެރަގުއޭ އާއި އަށްވަނައިގައި އޮތް ޗިލީ އަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ގުރޫޕުގެ ގަދަ ހަ ޓީމަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީން ވާއިރު، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް ކުޅެގެން ހަތްވަނައިގައި އޮންނަ ޓީމަށް ވެސް ވޯލްޑް ކަޕުން ޖާގަ ހޯދުމުގެ ފުރުސަތު އޮވެ އެވެ.
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ
ޗިލީ އަށް މިއަހަރުގެ ވޯލްޑް ކަޕުގެ އުންމީދު ކުޑަވެއްޖެ
އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑް
ބްރެޒިލްގެ ހެލްތު އޮތޯރިޓީން މެޗު ހުއްޓުވައިފި
ހައްލެއް ނުލިބުމުން ވޯލްޑް ކަޕް ކޮލިފައިން ފަސްކޮށްފި
ބްރެޒިލް ރެކޯޑް ދެމެހެއްޓިއިރު، އާޖެންޓީނާ އަށް މޮޅެއް
ބްރެޒިލާއި އާޖެންޓީނާ އަށް މޮޅެއް
ބްރެޒިލް ލީޑުގައި، އާޖެންޓީނާ އަށް މުހިއްމު މޮޅެއް