01 ނޮވެމްބަރ 2016
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވައި ގްރޫޕް އޭ އިން ދ. ކުޑަހުވަދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ އަދި ގްރޫޕް ބީ އިން ބ. އޭދަފުށްޓާއި ތ. ތިމަރަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވައި ގްރޫޕް އޭ އިން ދ. ކުޑަހުވަދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ އަދި ގްރޫޕް ބީ އިން ބ. އޭދަފުށްޓާއި ތ. ތިމަރަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެމީގެ ޖާގަތަށް ޔަގީންވީ މިއަދު ކުޅުނު މެޗުތަކުން އޭދަފުށްޓާއި ފޭދޫ މޮޅުވުމުންނެވެ. ކުޑަހުވަދޫ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ ހަތަރު ވަނަ މެޗުން ފޭދޫ މޮޅުވީ އދ. މަހިބަދޫއާ ވާދަކޮށް 6-0 އިންނެވެ. އަދި ތިމަރަފުށީ ދަނޑުގައި ކުޅުނު މެޗުން ނ. ލަންދޫ އަތުން އޭދަފުށި މޮޅުވީ 3-1 އިންނެވެ.
ގްރޫޕް އޭ އެއް ވަނައިގައި އޮތް ފޭދޫ އާއި ދެ ވަަނައިގައި އޮތް ކުޑަހުވަދޫ އަށް ލިބިފައިވަނީ ދެ މެޗުން ހަ ޕޮއިންޓެވެ. ފޭދޫ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ތިން ވަނައިގައި އޮތް ގއ. ދެއްވަދޫ އާއި އެންމެ ފުލުގައި އޮތް އދ. މަހިބަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އޭދަފުށްޓެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ތިމަރަފުށްޓަށް ވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އޭދަފުށި ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތް ލަންދު އާއި ހަތަރު ވަނައިގައި އޮތް ހދ. ހަނިމާދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިއަދު ކުޅުނު މެޗުން މަހިބަދޫ ކޮޅަށް ފޭދޫން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (އިއްބެ) އެވެ. އަނެއް ދެ ލަނޑު ޖެހީ އަހުމަދު ތޮލާލް އެވެ. ފޭދޫ ޓީމުގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އެވެ.
މިއަދު ކުޅުނު އަނެއް މެޗުން ލަންދޫ އަތުން އޭދަފުށި މޮޅުވީ ފަހަތުން އަރަ އެވެ. މުހައްމަދު ނައިޝާން ލަންދޫ އަށް ލީޑު ނަގައިދީފައިވަނިކޮށް އޭދަފުށި މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އަޒްމީން އަބްދުއް ސައްތާރާއި އާދަމް ނިޒާމް އެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ ކުޑަހުވަދޫގައި މި މަހު ހަތް ވަނަ ދުވަހު އެވެ. ދެ ވަނަ ސެމީ ތިމަރަފުށީގައި އޮންނާނީ މި މަހު އަށް ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް
ފަހު ބުރު ތިނަދޫ އާއި ކުޅުދުއްފުށީގައި
ފައިނަލުގެ ފަހު ޖާގަ ތިމަރަފުށްޓަށް
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ފެހެންދޫ ބަލިކޮށް ބ. އަތޮޅުގެ ތަށި އޭދަފުށްޓަށް
ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!
ތިމަރަފުށްޓާއި ކުޑަހުވަދޫ ސެމީގެ ފުރުސަތު ބޮޑުކޮށްފި
ފުރަތަމަ ދެ މެޗު ތިމަރަފުށްޓާއި ކުޑަހުވަދޫ އަށް