13 ނޮވެމްބަރ 2016
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. ދެ ޓީމަށް ސަޕޯޓުކުރަން ރަށުންނާއި އެ ދެ އަތޮޅުގެ ރަށްތަކުގެ މީހުން ވަނީ ދަނޑަށް ވަދެފަ އެވެ، މިރޭގެ މެޗު ބަލަން ފަސް ހާހަށް ވުރެން ގިނަ މީހުން ވަނީ ދަނޑަށް ވަދެފަ އެވެ.
މި ދެ ޓީމު ވަނީ މިރޭގެ މެޗުގެ ކުރިން މި މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. ތިމަރަފުށީގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. އޭދަފުށި މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫ ބަލިކުރުމަށް ފަހު އެވެ.
މެޗުގެ ފުރަތަމަ ހަަމަލާ އުފެއްދީ ތިމަރަފުށީ ޓީމުންނެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ޑޭވިޑް ޑަންކުއާ އޭދަފުށީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އޭދަފުށީ ކީޕަރު ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ.
އޭދަފުށިން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާމީ އިބްރާހިމް އެވެ. އޭރިއާ ބޭރު އަރިމަތިން ސާމީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން އަތްމަތިންނެވެ.
އޭގެ ތިން މިނިޓް ފަހުން އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ތިމަރަފުށިން ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެޓީމުގެ އާދަމް ނާސިހް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދަނޑިކައިިރިން ދިޔައިރު، ލިބުނު ހިލޭ ޖެހުމަކުން އަމީން ޝާހް ފޮނުވާލި ބޯޅަ ކީޕަރު ޒިޔަޒަން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
އޭދަފުށީގެ ސިފާހް (ވ) އަތުން ބޯޅަ ހޯދަން ތިމަރަފުށީގެ މުނާޒް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން އޭދަފުށްޓަށް ވަނީ އިތުރު ދެ ފުރުސަތެއް ލިބިފަ އެވެ. މިގޮތުން މެޗުގެ 35 ވަނަ މިނިޓްގައި ހުސެއިން ޝިފާއު އަށް ލިބުނު ބޯޅަ ބޭނުމެއް ނުކުރެވުނުއިރު، އޭގެ ތިން މިނިޓް ފަހުން ސައްޓު ފޮނުވާލި ބޯޅަ ވެސް ދިޔައީ ބޭރުންނެވެ.
މި ހާފް ނިމުމުގެ ކުރިން ތިމަރަފުށީގެ އަޒުހަދު އަލިމަނިކު ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 42 ވަނަ މިނިޓްގައި އޭދަފުށީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ބޭރުން އަޒުހަދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެ ވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ތިމަރަފުށިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި ގޮތުން މެޗުގެ 51 ވަނަ މިނިޓްގައި ލަނޑު ޖަހަން އެ ޓީމުގެ ޑޭވިޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭދަފުށީ އޭރިއާ ތެރެއިން ޑޭވިޑަށް ލިބުނު ބޯޅަ ލަސްކުރުމުން އޭނާ އަތުން އެ ފުރުސަތު ބޭކާރުވި އެވެ.
މެޗުގެ ފަހު 25 މިނިޓަށް ތިމަރަފުށިން ވަނީ ޑޭވިޑްގެ ބަދަލުގައި އަބްދުﷲ މުނާޒް ކުޅެން އަރުވައިފަ އެވެ. އޭގެ ބަދަލަށް ފަހު އޭދަފުށީގެ ފަހަތަށް ބާރުބޮޑުވާން ފެށި އެވެ. އެހެން ނަމަވެސް ތިމަރަފުށިން ތަނަވަސްކުރި ފުރުސަތުތައް ދިފާއުކުރުމުގައި އޭދަފުށީ ގޯލުގައި މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޒިޔަޒަން ވަނީ ކާމިޔާބު ހޯދައިފަ އެވެ.
މި ހާފްގައި ތިމަރަފުށީގެ އަޒުހަދުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އޭނާ ވަނީ މެޗުގެ ފަހު މިނިޓްގައި ލަނޑު ޖަހަން ހުސް ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. މެދުތެެރެއިން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އަޒުހަދް ދިން ބޯޅަ އޭދަފުށީ އޭރިއާ ތެރެއިން އެ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު ހައިލަމް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗާ ބެހޭގޮތުން ތިމަރަފުށީގެ ކޯޗު އިބްރާހިމް ސަނާހް ބުނީ މިރޭގެ މެޗުގައި މޮޅުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ޓީމުން ކުރިކަމަށާއި ނަސީބު އެހީނުވީ ކަމަށެވެ.
"ސަޕޯޓަރުންގެ އެހީއާ އެކު ކުޅުންތެރިން މެޗަކުން މޮޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްފި. ފުޓްބޯޅައިގައި ވަރަށް މުހިއްމު އެއްޗެއް ނަސީބަކީ ވެސް. މެޗު ބަދަލުކޮށްލެވޭ ވަރުގެ ގިނަ ފުރުސަތުތަކެއް ލިބި އެ ގޯލަކަށް ހަދާ ނުލެވިގެން ބަލިމިވީ،" ސަނާހް ބުންޏެވެ.
އޭނާ ބުނީ އެފްއޭއެމުން އަތޮޅު ފުޓްބޯޅަ މުބާރާތް މިދިޔަ އަހަރު އަލުން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެހެން ނަމަވެސް މި މުބާރާތަށް ބައެއް ކަހަލަ އިސްލާހުތަކެއް ގެނެސްގެން އިތުރަށް މުބާރާތް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
އަހަރުތަކެއްގެ މެދުކެނޑުމަަކަށް ފަހު އެފްއޭއެމުން ބަދަލުތަކެއް ގެނެސް އަތޮޅު މުބާރާތް ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމު އަންނަ އަންގާރަ ދުވަހު ފަށާ ގައުމީ މުބާރާތުގައި ކުޅޭނެ އެވެ.
ފަހު ބުރު ތިނަދޫ އާއި ކުޅުދުއްފުށީގައި
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!
ފައިނަލުގެ ފަހު ޖާގަ ތިމަރަފުށްޓަށް
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް
އޭދަފުށި، ތިމަރަފުށި، ކުޑަހުވަދޫ އަދި ފޭދޫ ސެމީ އަށް
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ކިނބިދޫ އަތުން ތިމަރަފުށި ބަދަލުހިފައިފި
ތިމަރަފުށީގެ ކާމިޔާބީން ފުޓްބޯޅައަށް ފައިދާކުރާނެ: ކޯޗު