31 އޮކްޓޯބަރ 2016
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ގްރޫޕް އެކެއްގައި ކުޑަހުވަދު މިއަދު މޮޅުވީ ގއ. ދެއްވަދޫއާ ވާދަކޮށް 4-2 އިންނެވެ. ގްރޫޕް ދޭއްގައި ހދ. ހަނިމާދޫ އަތުން ތިމަރަފުށި މޮޅުވީ 2-0 އިންނެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ސެމީގެ ޖާގަތަށް ކަށަވަރުވާނެ އެވެ.
ދެއްވަދޫ ކޮޅަށް މިއަދުގެ މެޗުގައި ކުޑަހުވަދޫގެ އާދަމް ޝަހީމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ ޖުމައިލް ޖަމީލް އެވެ. ދެއްވަދޫގެ ދެ ލަނޑު ކާމިޔާބުކުރީ މައުރޫފް އިބްރާހިމް އާއި އަލީ އަހުސަން އެވެ.
ގްރޫޕް އެކެއްގެ އެއް ވަނައިގައި ކުޑަހުވަދު އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އެއް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ސ. ފޭދޫ އެވެ. ތިން ވަނައިގައި އޮތް އދ. މަހިބަދޫ އާއި އެންމެ ފުލުގައި އޮތް ދެއްވަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕުން މާދަމާ ކުޅޭ މެޗުގައި މަހިބަދޫ އަތުން ފޭދޫ މޮޅުވެއްޖެނަމަ ކުޑަހުވަދޫ އާއި ފޭދޫ އަށް ސެމީގެ ޖާގަ ޔަގީންވާނެ އެވެ. އެއީ މަހިބަދޫ އާއި ދެއްވަދޫ އަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ޕޮއިންޓުގެ ގޮތުން އެ ޓީމަކަށް ފޭދޫ އާއި ކުޑަހުވަދޫއާ ހަމަނުކުރެވޭނެތީ އެވެ.
ހަނިމާދޫ ކޮޅަށް ތިމަރަފުށީގެ ލަނޑުތައް ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮފޯރީ އާއި ޒުވާން މިޑްފީލްޑަރު އަހުމަދު މައުރޫފް އެވެ. މި މޮޅާ އެކު ތިމަރަފުށި ގްރޫޕް ދޭއްްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ބ. އޭދަފުށްޓެވެ. މި ގްރޫޕްގައި މާދަމާ ނ. ލަންދޫއާ ދެކޮޅަށް ކުޅޭ މެޗުން އޭދަފުށި މޮޅުވެއްޖެނަމަ ތިމަރަފުށްޓާއި އޭދަފުށްޓަށް ސެމީގެ ޖާގަ ޔަގީންވާނެ އެވެ.
އެއީ ގްރޫޕް ތިން ވަނައިގައި މި ވަގުތު އޮތް ލަންދޫ އާއި އެންމެ ފުލުގައި އޮތް ހަނިމާދޫ އަށް ބާކީ އެއް މެޗު އޮތްއިރު އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ތިމަރަފުށްޓާއި އޭދަފުށްޓާއި ހަމަނުކުރެވޭނެތީ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގަ އެވެ.
ފައިނަލުގެ ފަހު ޖާގަ ތިމަރަފުށްޓަށް
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް
އޭދަފުށި، ތިމަރަފުށި، ކުޑަހުވަދޫ އަދި ފޭދޫ ސެމީ އަށް
ފުރަތަމަ ދެ މެޗު ތިމަރަފުށްޓާއި ކުޑަހުވަދޫ އަށް
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
ތިމަރަފުށީގެ ކާމިޔާބީން ފުޓްބޯޅައަށް ފައިދާކުރާނެ: ކޯޗު
ފޯކައިދޫ ބަލިކޮށް ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި
ތިމަަރަފުށްޓާއި ފޯކައިދޫ އަށް ސަޕޯޓަރުންގެ އެހީ ލިބޭނެ!