06 ނޮވެމްބަރ 2020
ހަނޑުލުގެ ފައިދާތައް އިތުރުކޮށް، އޭގައި ހުންނަ ވިހަ މާއްދާތައް ވަރަށް ބޮޑަށް ނައްތައިލެވިދާނެ ގޮތަކަށް ބަތް ކެއްކޭނެ ގޮތެއް ސައިންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
ހަނޑުލުގެ ފައިދާތައް އިތުރުކޮށް، އޭގައި ހުންނަ ވިހަ މާއްދާތައް ވަރަށް ބޮޑަށް ނައްތައިލެވިދާނެ ގޮތަކަށް ބަތް ކެއްކޭނެ ގޮތެއް ސައިންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
އިނގިރޭސިވިލާތުގެ ޝެފީލްޑް ޔުނިވަސިޓީގެ ޓީމަކުން ސައިންސް އޮފް ދަ ޓޯޓަލް އެންވަޔަރަމަންޓްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ބަތް ކައްކާނެ އާ ގޮތެއް ކިޔައިދީފަ އެވެ. އެއަށް ކިޔަނީ ޕާބޮއިލިން ވިތު އެބްޒޯޕްޝަން މެތަޑް (ޕީބީއޭ) އެވެ. މިއީ ފަސް މިނެޓްކުރި ފެން ހޫނުކޮށް، އޭގެ ތެރެއަށް ހަނޑޫ އަޅައި ފެން ހިނދެމުންދާ ވަރަކަށް ފެން އޮއްސާލައި، ފެން އާ ކުރަމުން ކައްކާ މެތަޑެކެވެ.
މީގެ މަރުހަލާތައް ގެންދާނީ ކައްކާ ކޮންމެ ހަނޑޫ ޖޯޑަކަށް، ފެން ޖޯޑެއް އަޅަމުން، ފަސް ވަރަކަށް މިނިޓަށް ކައްކަމުންނެވެ. ދެން އެއަށް ފަހު ފެންގަނޑު އޮއްސާލައި އަނެއްކާ ވެސް ދެ ޖޯޑުން ފެން އާ ކުރާނީ އެވެ. އެއަށް ފަހު ރަނގަޅަށް މަޑުވަންދެން މަޑުގިނީގައި ކައްކާނީ އެވެ.
In May we found over half of UK rice exceeds limits on arsenic for children.
— Institute for Sustainable Food (@susfoodshef) October 29, 2020
Today we release a new way to cook rice which removes the arsenic but not nutrients ?https://t.co/7Kkr5y6Hh8
ދިރާސާ ޓީމުން ބުނި ގޮތުގައި އާންމުކޮށް ބަތް ކައްކާ ގޮތާ ހިލާފަށް މި ސްޓެޕްތަކަށް ބަތް ކެއްކުމުން އޭގައި ހުންނަ ވިހަ މާއްދާތައް ފަސޭހަ އިން ބޭރުވެ އެވެ. އަދި މިގޮތަށް ބަތް ކެއްކުމުން ބަތުން ލިއްބައިދޭ ފައިދާތަކަށް އެއްވެސް ބަދަލެއް ނައިސް، ބަތުގެ ކޮލިޓީ ރަނގަޅުކޮށްދެ އެވެ. އެގޮތުން ޕީބީއޭ މެތަޑަށް ކައްކާ ބާސްމަތީ ހަނޑުލުން ވިހަ މާއްދާތާތައް ބޭރުވާ މިންވަރު 73 ޕަސެންޓަށް އަރަ އެވެ. އަދި ރަތް ހަނޑޫ ނަމަ 54 ޕަސެންޓަށް އަރަ އެވެ.
މި ގޮތަށް ބަތް ކެއްކުމުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލާ އިރު ތުއްތު ކުދިންނާއި ކުޑަކުދިންނަށް ކާންދޭން ރައްކާތެރި އެއްޗަކަށްވުމުގެ އިތުރަށް ބަތުން ލިއްބައިދޭން ޖެހޭ ނިއުޓްރިއަންޓްސްގެ ކޮލިޓީ ރަނގަޅުވެ އެވެ. މިއާ އެކު މިއީ ފެނާއި ކަރަންޓް/ގޭހާއި ވަގުތު ވެސް ސަލާމަތްކޮށްދޭނެ ގޮތެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހަނޑޫ ފަދަ ގޮވާމުގެ ބާވަތްތަކުގައި އެކުލެވޭ އާސެނިކް ނުވަތަ ވިހަ މާއްދާތަކުގެ އަސަރު ހަށިގަނޑަށް ކުރުމުން ހުރިހާ ގުނަވަންތަކަށްހެން އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެއާ އެކު ކެންސަރާއި ހަކުރުބައްޔާއި ފުއްޕާމޭގެ ބަލިތަކާއި ހަމުގެ މައްސަލަތައް ވެސް ކުރިމަތިކުރުވަ އެވެ.
ބަތަކީ ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ކާނާއަކަށްވާތީ އޭގެ ފައިދާތައް ވީހާ ވެސް ރަނގަކަށް ލިބޭ ގޮތަށް ބަތް ކެއްކުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.
"އެހެންވެ އަހަރެމެން ވަރަށް ބޮޑަށް ހިތްވަރު ދެން ޕީބީއޭ މެތަޑަށް ބަތް ކައްކަން އިސްކަން ދިނުމަށް. އަދި މިއީ ހަގީގަތުގައި ބަތް ކާން ލޯބިކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވެސް ވާނެ." ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ޝެފީލްޑް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮތް ޖޯގްރަފީގެ އެންވަޔަރަމަންޓް ސޮއިލް ސައިންޓިސްޓް ޑރ. މަނޯޖް މެނަން ވިދާޅުވި އެވެ.
ކައްކަން ކިހާ ވަގުތެއް ހޭދަކުރަން؟
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
އިންޑިއާގެ އިޑްލީ މިއޮތީ ޒަމާނީވެފައި!
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް-19 ޖެހޭ!