30 ޖެނުއަރީ 2020
ކައްކާ ޝޯތައް ކުދިންނަށް ދެއްކުމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ހިތްޖެހޭ ކަމަށާއި އެއީ ކުދިންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކައްކާ ޝޯތައް ކުދިންނަށް ދެއްކުމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ހިތްޖެހޭ ކަމަށާއި އެއީ ކުދިންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ނިއުޓްރިޝަން އެޑިއުކޭޝަން އެންޑް ބީހެވިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ކައްކާ ޝޯތައް ބަލާ ކުދިންނަކީ އެ ނޫން ކުދިންނާ އަޅާބަލާ އިރު، ސިއްހަތަށް ފައިދާހުރި ކާނާތައް ކާން ދެގުނަ މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި އެފަދަ ކުދިން ސިއްހަތަށް ރަނގަޅު ނޫން އެކި ކަހަލަ ލުއިކާނަތަކާ ވެސް ދުރު ކަމަށް ބުންޏެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ނެދަލެންޑްސްގެ ޓިލްބާގް ޔުނިވަސިޓީގެ ސްކޫލް އޮފް ހިއުމެނިޓީޒް އެންޑް ޑިޖިޓަލް ސައިންސްގެ އެސިސްޓަންޓް ޕްރޮފެސަރު ފްރޭންޒް ފޯލްކްވޯޑް ވިދާޅުވީ ކުދިންނަށް ސިއްހަތަށް ފައިދާހުރި ކާނާތައް އަންގައިދޭން މަސައްކަތްކުރާ ވަރަކަށް އެ މީހުން ދުޅެހެޔޮ ސިއްހަތަކާ ދޭތެރޭ ވިސްނާ މިންވަރު އިތުރުކޮށްދޭ ކަމަށެވެ.
Cooking programs can influence children's food-related preferences, attitudes, and behaviors! Researches found that tv programs featuring #HealthyFood can be a key ingredient in leading #children to make healthier food choices now and into adulthood. https://t.co/ot1gATOEaQ pic.twitter.com/Sqro8KvXdM
— Tilburg University (@TilburgU) January 7, 2020
އެހެންވެ ތުއްތުއިރުއްސުރެ، ކުދިންނަށް ސިއްހަތަށް ފައިދާ ހުރި ކާނާތައް އަަންގައި ދިނުމަކީ ދުޅެހެޔޮ ކުދިންތަކެއް ބޮޑުކުރަން ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ.
"އެކަން ކުރަން އެކި ކަހަލަ އުކުޅުތައް ބޭނުންކުރެވިދާނެ. އެގޮތުން ކައްކާ ޝޯތައް ކުދިންނަށް ދައްކައި އެފަދަ ޕްރޮގްރާމްތަކަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަކީ ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް،" ފްރޭންޒް ވިދާޅުވި އެވެ.
މި ދިރާސާ ހަދާފައި ވަނީ ސިއްހަތަށް ރަނގަޅު ނޫން ކަމަށް އާންމުކޮށް ގަބޫލުކުރެވޭ ޒާތުގެ ކެއްކުންތައް ދައްކުވައިދޭ ޕްރޮގްރާމްތާއި ސިއްހަތަށް ބަލައިގެން ކުރިއަށް ގެންދާ ކައްކާ ޕްރޮގްރާމްތަކެއް، އުމުރުން 10-12 އަހަރާ ދެމެދުގެ ކުދިންތަކަކަށް ދައްކައިގެންނެވެ. އެގޮތުން ދެ ގިންތީގެ ޕްރޮގްރާމްތަކެއްގެ ކްލިޕްތަކެއް 10 ވަރަކަށް މިނިޓަށް ދައްކާފައި، ރޭޓްކުރަން ފުރުސަތު ދިނުމުން ނިސްބަތުން ގިނަ ކުދިން ވަނީ ސިއްހަތަށް ރަނގަޅު ކާނާތައް ތައްޔާތުކުރާ ޕްރޮގްރާމްތަކަށް 10 އިން މަތީ ރޭޓިންތަކެއް ދީފަ އެވެ.
މިއާ އެކު ދެން ކުދިންނަށް ދިނީ ސްނެެކެއްގެ ގޮތުގައި ކާލާނެ ތައްޔާރީތައް ފޮނި އެއްޗަކާއި ތާޒާ މޭވާ އެވެ. އެގޮތުން ސިއްހަތަށް ރަނގަޅު ކާނާ އަށް މަތިން ރޭޓް ދިން ކުދިން ސްނެކެއްގެ ގޮތުގައި ބޭނުން ކުރީ އާފަލާއި ކިއުކަމްބާ ކަހަލަ އެއްޗިއްސެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މި ނަތީޖާ އިން ހާމަކޮށް ދިން ކަމަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރާ ކައްކާ ޝޯތަކުން ކުދިންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަކަމެވެ.
އެގޮތުން އެފަދަ ޝޯތަކުގައ ކައްކަން ބޭނުންކުރާ އެއްޗިއްސާއި ކާނާ ތައްޔާރުކުރާ ގޮތާއި ޕޯޝަންގެ ގޮތުގައި ކަނޑައަޅާ މިންވަރު ކަހަލަ ކަންކަމުން ކުދިންގެ ވިސްނުމަށް ހެޔޮ އަސަރުތަކެއް ކައްކާ ޝޯތަކުން ގެނެސްދޭ ކަމަށް ބުންޏެވެ.
އެހެންވެ ކައްކާ އިރު ކުދިން ބައިވެރިކުރުމާއި ކާނާތަކާ ބެހޭ ގޮތުން ކުދިންނާ ޕޮޒިޓިވްކޮށް ވާހަކަ ދެއްކުމަކީ ވެސް ކުދިން ބޮޑުވަމުން އަންނަ ވަރަކަށް ސިއްހަތަށް ފައިދާހުރި ކާނާތަކަށް ލޯބިޖެހޭނެ ކަމެއްކަން ދިރާސާގައި ފާހަގަކުރި އެވެ.
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ފައިދާ ބޮޑު ގޮތަކަށް ބަތް ކައްކާނެ ގޮތެއް ހޯދައިފި
ރޯގާ އާއި ކެއްސުމަށް މާމުއި މާ ރަނގަޅު