04 ނޮވެމްބަރ 2020
ޖެންޑާގެ ދާއިރާ އިން ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ހާސިލު ކޮށްފައިވާ ކަމަށާއި އެކަމަކު އަދިވެސް ގިނަ ގޮންޖެހުންތަަކެއް އެބަހުރި ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (އާއިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.
ޖެންޑާގެ ދާއިރާ އިން ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ހާސިލު ކޮށްފައިވާ ކަމަށާއި އެކަމަކު އަދިވެސް ގިނަ ގޮންޖެހުންތަަކެއް އެބަހުރި ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (އާއިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މުރާޖައާ ކުރާ ބައްދަލުވުން (ޔުނިވާސަލް ޕީރިއަޑިކް ރިވިއު) ގައި ވާހަކަ ދައްކަވަމުން އާއިޝާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ހިމާޔަތްކޮށް، ބާރުވެރި ކުރުވަން ރާއްޖެ އިން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ. އެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކާ މެދު ރާއްޖެ އިން ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮށްފައިވާ ބައެއް މުހިއްމު މަސައްކަތްތައް މިނިސްޓަރު ވިދާޅުވެ ދެއްވި އެވެ.
ޖެންޑާގެ ހަމަހަަމަކަން ގާއިމު ކުރަން ރާއްޖެ އިން ކޮށްފައިވާ މުހިއްމު އެއް މަސައްކަތަކީ އޭނާ ވިދާޅުވިގޮތުގައި، ދެޖިންސުގެ ހަމަހަމަކަމުގެ ގާނޫނެއް ހެދުމެވެ. ޖެންޑާގެ ތަފާތަށް ބަލައި ބޭއިންސާފު ކުރުމުގެ ހުރިހާ އަމަލަކާއި ޚިޔާލާތެއް އެ ގާނޫނުން މަނާކޮށްފައިވާ ކަމަށް ވެސް ދާޅުވި އެވެ. ދެޖިންސުގެ ހަމަހަމަކަމާ ބެހޭ ސިޔާސަތެއް މިދިޔަ އަހަރު އެކުލަވާލާފައިވާ ކަމަށާއި އެ ސިޔާސަތާ ގުޅޭ އެކްޝަން ޕްލޭންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ މަގާމުތަކުގެ ތެރެއިން ގޮތް ނިންމާ ފަންތީގެ މަގާމުތަކުގައި އޮތް ޖެންޑާ ޑިސްޕެރިޓީ ނައްތައިލަން މަސަައްކަތް ހުއްޓައިނުލައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިޝާ ވިދާޅުވި އެވެ.
"ރާއްޖޭގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ކުރެއްވުމަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ދިވެހި ސިވިލް ސާވިސްގައި އަދި އެ ދާއިރާގެ ހިންގުމުގެ ލެވެލްގައި އަންހެނުން ގިނަ ކަމަށާއި ޚާރިޖީ ދާއިރާގައި ވެސް އަންހެނުން ގިނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފާހަގަކޮށްލެވޭ އެހެން ކުރިއެރުމެއްގެ ގޮތުގައި އޭނާ ދެއްކެވީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެވެ.
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރާ މަަސައްކަތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ދޭން ވެސް މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖެ އިން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުމުރުން ދުވަސްމީ މީހުން ބަލަހައްޓާ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗަަށް ދެވިިހިފުމަކީ ރާއްޖޭގައި ބޮޑު މައްސަލައެއް ކަމަށާއި އެ ކަމަށް ހައްލުތައް ހޯދަން ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަަށް އާއިޝާ ވިދާޅުވި އެވެ. މެތެޑޯން މެއިންޓެނެންސް ޕްރޮގްރާމް އަލުން ފެށުމަކީ އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.
"މި ކުރިއެރުންްތަކާ އެކުގައި ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން އަޅުގަނޑުމެން ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ބާރުވެރި މުޖުތަމައެއް ބިނާކުރަން ހޭދަކުރަން ޖެހޭ ޕްލޭނިން އަދި ސިޔާސީ ކެރުންތެރިކަން ރާއްޖޭގެ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ކޮވިޑާ ހެދި އަންހެނުންނަށް ގޮންޖެހުން އިތުރުވި: އައިޝާ
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
ސަރުކާރު އޮފީސްތަކުގައި ކުދިން ބެލޭނެ ތަނެއް ހަދަނީ
މި ކުދިންނާ މެދު ލޯތްބެއް ކުލުނެއް ނެތް؟
ޖެންޑާ މިނިސްޓަރާއި ވެރިންނާ ދޭތެރޭ ބޮޑު ކޯޅުމެއް!
"ގޭގައި ތިބެ އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު"
ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟
ޖެންޑާއިން ބުނަނީ މުޅި މުޖުތަމައުގެ ޒިިންމާއެއް ކަމަށް
ހިޔާގެ ބައެއް ކުދިންނާ މެދު ހިތްހަމަނުުޖެހުންތަކެއް