25 އޮކްޓޯބަރ 2022
ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލު ކުރުމަށްޓަކައި ސަރުކާރުން ރާވާފައި ވަނީ މާލޭގައި އަގު ހެޔޮ ޑޭ ކެއާ ސެންޓަރުތަކެއް ހެދުމަށެވެ.
އެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ބެލުމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މާލޭގައި ޑޭ ކެއާ ސެންޓަރެއް ހަދާނެ ޖާގައެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި ކަމަށެވެ.
އޭޑީބީގެ އެހީގައި ޖެންޑާ މިނިސްޓްރީން ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް" ގައި ހިމަނައިގެން ވެސް މާލެ އިން ރަނގަޅު ޖާގައެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޖާގަ ނުލިބޭތީ އެ ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާސާކޮށް، ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާ ކޮށްފައިވޭ،" އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން މިހާރު ވަނީ އަންގައިފަ އެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްޓެލްކޯ އާއި އެމްޕީއެލުން އެ ހިދުމަތް ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
މުސާރައިގެ އޮނިގަނޑުތައް އަވަސްކުރަން ކުއްލިމައްސަލައެއް
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
އިތުރު ގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް
ހައްގު އުންޏެއް ނުކުރަން، ހޯދީ ހައްލެއް: މިނިސްޓަރު
އައިޝާއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް
މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"