02 ޖޫން 2016
ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެ ކޯޗު ރިކީ ހާބަޓް އަންނަނީ އާ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. އޭގެ ތެރޭގައި ޔޫތު ލެވެލްގެ ކުޅުންތެރިންގެ އިތުރުން ކުޅޭތާ ގިނަ ދުވަސްތަކެއް ވެ އެކަމަކު ގައުމީ ޓީމުން ފުރުސަތު ނުލިބި ތިބި ހުނަރުވެރި ކުޅުންތެރިން ހިމެނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެ ކޯޗު ރިކީ ހާބަޓް އަންނަނީ އާ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. އޭގެ ތެރޭގައި ޔޫތު ލެވެލްގެ ކުޅުންތެރިންގެ އިތުރުން ކުޅޭތާ ގިނަ ދުވަސްތަކެއް ވެ އެކަމަކު ގައުމީ ޓީމުން ފުރުސަތު ނުލިބި ތިބި ހުނަރުވެރި ކުޅުންތެރިން ހިމެނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ހާބަޓް ވަނީ ކްލަބް އީގަލްސްގެ އުމުރުން 27 އަހަރުގެ މިޑްފީލްޑަރު އިމްރާން ނަޝީދަށް ފުރުސަތު ދީފަ އެވެ. މެދުތެރެއިން ބުރަކޮށް މަސައްކަތްކުރާ މި ކުޅުންތެރިޔާ އަށް ކޯޗު ވަނީ ތައުރީފުކޮށްފަ އެވެ.
"އޭނާ އަހަރެންގެ ރުހުން ހޯދައިފި. އޭނާގެ ނިޔަތް ވަރަށް ރަނގަޅު. އޭނާ އަށް ސްކޮޑުން އަހަރެން މިދިން ފުރުސަތަކީ ކިހާ މުހިއްމު ފުރުސަތެއްކަން އޭނާ ގަބޫލުކުރޭ. އޭނާ ހުރީ ފުރުސަތު ދީފިއްޔާ ބޭނުންކުރަން ތައްޔާރަށް،" ހާބަޓް ބުންޏެވެ.
އިމްރާން ގައުމީ ޓީމުގެ ޕްރެކްޓިހުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލެންސިއާއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު ތަމްރީން މެޗުގައި އިމްރާން ވަނީ ފުރަތަމަ 11 ގައި ހިމެނިފަ އެވެ. ހާބަޓް ވަނީ މިރޭގެ މެޗުގައި ވެސް އޭނާ ފުރުސަތު ދީފާނެ ކަމަށް ބުނެފަ އެވެ.
"އޭނާ ފުރަތަމަ 11 ގައި ހިމެނިދާނެ. އެކަމަކު އޭނާ އަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުޅެވިދާނެތަ؟ އެއެއް އަހަންނަކަށް ނޭގޭ. އެކަމަކު އެނގޭ ކަމަކީ އޭނާގެ ހުނަރު އެބަހުރިކަން. މަސައްކަތްކުރާކަން. އެހެންވެ އަހަރެން ފުރުސަތު ދިނީ،" ވިޔަންސާ އިން ވިދާލި ކުޅުންތެރިޔާއާ ބެހޭގޮތުން ހާބަޓް ބުންޏެވެ.
ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ކޯޗު ފުރުސަތު ނުދޭއިރު ބެލެވޭ ގޮތުގައި އަސްހަދު އަލީ (އަޑުބަރޭ)އާ އެކު މިރޭ މެދުތެރެއަށް ކުޅުވާނީ އިމްރާނެވެ. އެ ދެ ކުޅުންތެރިންގެ ކުރިން އެޓޭކިން މިޑްފީލްޑަރުގެ ރޯލް ދޭނެ ކަމަށް ލަފާކުރެވެނީ އިސްމާއިލް އީސާ (މެސީ) އަށެވެ. އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ނާޝިދު (ނައްޓޭ) އަރިމަތިން ކުރިއަށް ކުޅޭއިރު ސެންޓަ ފޯވާޑަކަށް ކުޅޭނީ އަސަދުﷲ އަބްދުﷲ އެވެ.
އިމްރާން މުހައްމަދު (ގޯލްކީޕަރު)، ޝާފިއު އަހުމަދު، އަމްދާން އަލީ (އެންޑީ)، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ރަޝީދު (ހޮކޭ)، އަސްހަދު އަލީ (އަޑުބަރޭ)، އިމްރާން ނަޝީދު، އިސްމާއިލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، އަސަދުﷲ އަބްދުﷲ، އަހުމަދު ނާޝިދު (ނައްޓޭ).
ރާއްޖެއާ ދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް، ލަންކާ
މިއީ ފެންވަރު ސާބިތުކޮށްދޭން ރަނގަޅު ފުރުސަތެއް: ކޯޗު
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މާލޭން ވަރުގަދަ ޓީމެއް ނެރެ، ޗެލެންޖް ދޭނެ
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ