01 ނޮވެމްބަރ 2016
ގައުމީ ވޮލީބޯޅަ ލީގު ހާއްސަ މެޗަކުން މާދަމާރޭ ފަށާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
ގައުމީ ވޮލީބޯޅަ ލީގު ހާއްސަ މެޗަކުން މާދަމާރޭ ފަށާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މާދަމާރޭ ކުޅޭ ހާއްސަ އެކްޒިބިޝަން މެޗުގައި ބައްދަލުކުރާނީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ކްލަބްތަކަށް ގެނެސްފައިވާ ބިދޭސީ ފިރިހެން ކުޅުންތެރިންގެ ޓީމެކެވެ.
ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު އޮންނާނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ހުކުރު ދުވަހު ހަވީރު ފުރަތަމަ މެޗުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ބައްދަލުކުރާނީ ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމާ އެވެ. ދެ ވަަނަ މެޗުގައި އެރޭ ކްލަބް ޕޯލް ސްޓާ ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަންހެން ޑިވިޝަންގައި މި ހަތަރު ކްލަބްގެ އިތުރުން ދެން ވާދަކުރަނީ ފިސްޑާ އެވެ.
ފިރިހެން ޑިވިޝަންގައި ޖުމްލަ ހަ ކްލަބް ވާދަކުރެ އެވެ. އެއީ ސްޕޯޓްސް ކްލަބް ސިޓީ، ޕޮލިސް ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.
ފިރިހެން ޑިވިޝަންގެ ފުރަތަމަ ތިން މެޗު އޮންނާނީ އަންނަ ހޮނިހިރު އެވެ. އެ ދުވަހު ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ސްޓެލްކޯ ބައްދަލުކުރާނީ ގުޑީސްއާ އެވެ. އެރޭ ކުޅޭ މެޗުގައި ސިފައިން ބައްދަލުކުރާނީ މޯލްޑިވިއަންއާ އެވެ.
މި ފަހަރު ގައުމީ ލީގާއި ގައުމީ މުބާރާތަށް ގެނައި އެންމެ ބޮޑު ބަދަލަކީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ލީގުގައި ވާދަކުރާ ޓީމުތަކުގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބިދޭސީ ކުޅުންތެރިންނަށް ޖެހޭ ގޮތަށް ގަވައިދަށް ގެނައި ބަދަލެވެ.
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ހަ އަހަރަށް ފަހު ގައުމީ އަންހެން ވޮލީ ލީގު މާދަމާ
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް
ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯއާއި ސިފައިން ކުރީގައި
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ޕޮލިހަށް ސެޓެއް ނުދީ ވެމްކޯ ގައުމީ ފައިނަލަށް
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް