08 އޮކްޓޯބަރ 2024
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަން މާދަމާ ފަށަން ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ތައްޔާރުވެއްޖެ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަން މާދަމާ ފަށަން ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ތައްޔާރުވެއްޖެ އެވެ.
ހަ ޓީމާ އެކު، މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށް ގެންދަން ރާވައި، ވީއޭއެމުން ވަނީ ލީގުގެ ޝެޑިއުލް އާއްމުކޮށްފަ އެވެ.
އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބޭއްވީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.
ޖެހިގެން އައި އަހަރު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ވީއޭއެމް އަށް ލިބުނު މުއްދަތަށް ފައްތައިގެން މުބާރާތް ކުރިއަށް ގެންދިއުމުގެ ގޮތުން ވޮލީ ލީގުގެ އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ކެންސަލް ކުރި އެވެ. ނަމަވެސް 2019 އިން ފެށިގެން އަލުން ލީގުގެ ފިރިހެން ޑިވިޝަން އަންނަނީ ބާއްވަމުންނެވެ.
މިއަހަރުގެ ލީގުގައި ވާދަ ކުރަނީ، ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.
ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.
މާދަމާ މެންދުރު 3:30 ގައި ފަށާ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުޑީސް އާއި އަސްދިގާ އެވެ. ހަވީރު 5 ޖަހާއިރު ޕޮލިހާއި ހިންމަފުށި ވިކްޓޯރިއަސް ބައްދަލުކުރާ މެޗަށް ފަހު، ރޭގަނޑު 8:30 ގައި ބައްދަލުކުރާނީ ވެމްކޯ އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.
މިވަގުތު ރާއްޖޭގެ އަންހެން ކްލަބް ވޮލީގައި އެންމެ ކާމިޔާބު ކްލަބަކީ ވެމްކޯ އެވެ. އެޓީމުން ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފައިނަލްގައި ޕޮލިސް ބަލިކޮށް، އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އެންމެ ފަހުން ގައުމީ މުބާރާތް ކުޅުނު ދެ ފަހަރު ވެސް ޗެމްޕިއަނަކީ ވެމްކޯ އެވެ.
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް
ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯއާއި ސިފައިން ކުރީގައި
ހާއްސަ މެޗަކުން ވޮލީބޯޅަ ލީގުގެ މާދަމާރޭ ފަށަނީ
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ޕޮލިހަށް ސެޓެއް ނުދީ ވެމްކޯ ގައުމީ ފައިނަލަށް
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް