މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ޕޮލިސް ކްލަބް އެއްވަނައަށް ޖެހިލައިފި އެވެ.
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ޕޮލިސް ކްލަބް އެއްވަނައަށް ޖެހިލައިފި އެވެ.
ޕޮލިސް ވަނީ އިއްޔެ ހަވީރު ސިޓީ ފްރެންޑްސް ކްލަބާ ވާދަކޮށް 26-24، 25-20 އަދި 25-15 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ސޯފިއާ ކްރޭކާ އެވެ.
ޕޮލިސް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު މުބާރާތް ފެށުމުގެ ގޮތުން ފްލެކްސާ ސްޕޯޓްސް ކްލަބާ ވާދަކޮށް 25-20، 26-28، 25-18 އަދި 25-17 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ސޯފިއާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 25-19، 25-22، 16-25 އަދި 25-15 އިން ހުރާ ކޮމިއުނިޓީ ކްލަބް ބަލި ކުރި ނަމަވެސް، ދެވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ވަނީ ފްލެކްސާއާ ވާދަކޮށް 3-1 ސެޓުން ބަލިވެފަ އެވެ. ފްލެކްސާ ސެޓްތައް ގެންދިޔައީ 25-18، 25-18، 25-27 އަދި 25-22 އިންނެވެ.
ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފްލެކްސާގެ ކުޅުންތެރިން.-- ފޮޓޯ: ވީއޭއެމް
ވެމްކޯ އާއި ޕޮލިސް ބައްދަލުކުރާނީ ލީގުގެ އެންމެ ފަހު މެޗުގައި، އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.
ގުޑް ގޭމްސް (ޖީޖީ) ސްޕޯޓްސް އެކަޑަމީ ވަނީ ރޭ ހުރާއާ ވާދަކޮށް އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފަސް ސެޓަށް ކުޅުނު މި މެޗުން ޖީޖީ ސެޓްތައް ގެންދިޔައީ 25-21، 17-25، 17-25، 25-20 އަދި 15-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޖީޖީގެ ރޯލީ ޕާޓާކް އެވެ.
ޖީޖީގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ހަވީރު ވަނީ 3-1 ސެޓުން ސިޓީ ފްރެންޑްސް ކްލަބް އަތުން ބަލިވެފަ އެވެ. ޖީޖީން 25-19 އިން ފުރަތަމަ ސެޓް ގެންގޮސްފައި ވަނިކޮށް ސިޓީ ވަނީ 25-20، 25-17 އަދި 25-18 އިން ޖެހިގެން އައި ތިން ސެޓް ކާމިޔާބު ކޮށްފަ އެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަ ކުރަނީ ވީއޭއެމް ކަޕްގެ ގަދަ ހަ ޓީމެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދި ގަދަ ހަތަރު ޓީމަށް، ލީގަށް ފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.
ލީގުގައި ދެން މެޗެއް އޮންނާނީ މާދަމާ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ހަވީރު 4:30 ގައި ވެމްކޯ އާއި ޖީޖީ ބައްދަލުކުރާ މެޗަށް ފަހު ރޭގަނޑު 8:30 ގައި ބައްދަލުކުރާނީ ހުރާ އާއި ފްލެކްސާ އެވެ.
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ހަ އަހަރަށް ފަހު ގައުމީ އަންހެން ވޮލީ ލީގު މާދަމާ
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް
ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯއާއި ސިފައިން ކުރީގައި
ހާއްސަ މެޗަކުން ވޮލީބޯޅަ ލީގުގެ މާދަމާރޭ ފަށަނީ
ވެމްކޯ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތަށި ނަގައިފި
ވެމްކޯ ފައިނަލަށް، ސެމީގައި ޕޮލިހާއި ހުރާ
ވެމްކޯ އާއި ޕޮލިސް ގައުމީ މުބާރާތް ފެށީ މޮޅަކުން
ވެމްކޯ ބަލިކޮށް ޕޮލިހުން ލީގު ޗެމްޕިއަންކަން ހޯދައިފި