01 ނޮވެމްބަރ 2016
ރިޔާޒް (ނޮވެމްބަރު 1) - ދުނިޔޭގެ އެންމެ ބޮޑު އެއް އިސްލާމީ ޖަމާއަތް ކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު މަދާނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އަށް ކުރެއްވި މަލާމާތަކާ ގުޅިގެން މިސްރުން ހިތްހަމަ ނުޖެހިފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރިޔާޒް (ނޮވެމްބަރު 1) - ދުނިޔޭގެ އެންމެ ބޮޑު އެއް އިސްލާމީ ޖަމާއަތް ކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު މަދާނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އަށް ކުރެއްވި މަލާމާތަކާ ގުޅިގެން މިސްރުން ހިތްހަމަ ނުޖެހިފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަމަކު ސައުދީ އަރަބިއާގެ ޖިއްދާގައި މައި މަރުކަޒު ހުންނަ 57 ގައުމު ހިމެނޭ އޯއައިސީން ނެރުނު ބަޔާނެއްގައި ބުނީ މަދާނީ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ.
ސައުދީ އަރަބިއާގެ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މަދާނީ މިދިޔަ ހަފުތާގައި ވަނީ ޓިއުނީޝިއާގެ ރައީސް ބެޖީ ސައިދު އެސެބްސީ އާއި މިސްރުގެ ރައީސް ސީސީގެ ނަން އޮޅުވާލައްވައިގެން ޖަލްސާއެއްގައި ވާހަކަ ދައްކަވައިފަ އެވެ.
"ރައީސް ބެޖީ ސައީދު އަލް ސީސީ. މައާފް ކުރައްވާ އެސެބްސީ. މިއީ އެރި ވަރަށް ބޮޑު އޮޅުމެއް. އަޅުގަނޑަށް ޔަގީން މަނިކުފާނުގެ ފްރިޖުގައި ފެނަށް ވުރެ ގިނައިން ހުންނާނެކަން،" ޓިއުނީޝިއާގެ ލީޑަރަށް މުޚާތަބް ކުރައްވާ މަދާނީ ވިދާޅުވި އެވެ.
އެކަމަކު މަދާނީ އިޝާރާތް ކުރައްވާފައި ވަނީ މިސްރުގެ ނޭޝަނަލް ޔޫތު ކައުންސިލްގެ ބައްދަލުވުމުގައި ސީސީ ދެއްކެވި ވާހަކަފުޅަށެވެ. މިސްރުގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވާ ރައްޔިތުން އިގްތިސާދު ކުރުމަށް ބާރު އަޅުއްވާ ސީސީ ވިދާޅުވެފައި ވަނީ "އެމަނިކުފާނުގެ ފްރިޖުގައި ވެސް ފެން ނޫން އެއްޗެއް ނެތި 10 އަހަރު އުޅުއްވި" ކަމަށެވެ. އަދި އެއްވެސް މީހަކަށް އެކަމުގެ ޝަކުވާ ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. ސީސީ މިހެން ވިދާޅުވުމާ ގުޅިގެން މިސްރުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ޖޯކް ޖަހަން ފަށައިފަ އެވެ.
މިސްރުގެ ޚާރިޖީ ވަޒީރު ސާމިހު ޝުކުރީ ވިދާޅުވީ މަދާނީގެ ވާހަކަތަކީ އޯއައިސީ އުފެއްދުމުގައި ހިމެނޭ ގައުމެއްގެ ވެރިއަކަށް ކުރެއްވި ސީރިއަސް މަލާމާތެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ އޯއައިސީގެ ޒިންމާތަކާއި ވާޖިބުތަކުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ފުށުއަރާ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 2014 ވަނަ އަހަރު ވަޑައިގެންނެވި 70 އަހަރުގެ މަދާނީ ފަހުން ވަނީ އޭނާ ދެއްކެވި ވާހަކަ އަށް މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ މިސްރުގެ ލީޑަޝިޕަށް މަލާމާތް ކުރަން ދެއްކި ވާހަކަތަކެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ސައުދީ އަރަބިއާ އިން މިހާރު ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ސޯޝަލް މިނިސްޓަރު ޔޫސުފް އަލް އުސައިމީންގެ ނަން ފޮނުވައިފަ އެވެ. މިސްރުން ވަނީ އެ ނަމަށް ތާއީދު ކުރާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ސަރަހައްދީ ދަތުރެއްގައި ސައޫދީ ވަލީ އަހުދު މިސްރަށް
ސީސީ ވެރިކަމުގައި ބަހައްޓަން ގާނޫނުއަސާސީ ބަދަލުކުރަނީ
މިސްރުގެ ދެ ރަށް ސައޫދީ އަށް ދޫކޮށްލައިފި
ރައީސްގެ ނުބައި ވީޑިއޯއެއް ދެއްކުމުން ވަޒީފާ ގެއްލިއްޖެ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި