05 ފެބުރުއަރީ 2019
ގާހިރާ- މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީއަށް 2034 ވަނަ އަހަރާ ހަަމައަށް ވެރިކަމުގައި ހުންނެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅައިފި އެވެ.
ގާހިރާ- މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީއަށް 2034 ވަނަ އަހަރާ ހަަމައަށް ވެރިކަމުގައި ހުންނެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅައިފި އެވެ.
ބައިނަލްއަގުވާމީ ބައެއް ނޫސް އެޖެންސީތަކަށް ލިބިފައިވާ ޑްރާފްޓްގައިވާ ބަދަލުތައް މިސްރުގެ ގާނޫނު އަސާސީއަށް ގެނެސްފި ނަމަ ސީސީގެ ދައުރު ހަމަވުމަށް ފަހު އިތުރު 12 އަހަރު ވެރިކަމުގައި ހުންނެވޭ ގޮތް ވުމުގެ އިތުރުން މިސްރުގެ ޝަރުއީ ނިޒާމުގައި ވެސް އޭނާގެ ނުފޫޒު ގަދަވެގެންދާނެ އެވެ. އެ ޑްރާފްޓް މިސްރު ޕާލަމެންޓްގެ ރައީސަށް ހުށަހެޅީ އާދީއްތަ ދުވަހު އެވެ.
މިސްރުގެ ގާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނީ އެގައުމުގެ ޕާލަމެންޓްގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓު ލިބި އަދި އެއަށް ފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްކޮށްގެންނެވެ.
މިސްރުގެ ރައީސްކަމުގެ ހަތަރު އަހަރުގެ ދެ ދައުރު ސީސީ ފުރިހަމަ ކުރައްވާނީ 2022 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާއަށް ރައީސްކަމަށް އަލުން ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީގައިވާ ބައިތައް ބަދަލުކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އެއް ބަދަލަކީ ރައީސްކަމުގެ ދައުރުގެ މުއްދަތު ހަ އަހަރަށް ދިގުކުރުމެވެ. އަދި އެއާ އެކު ސީސީއަށް އިތުރު ދެ ދައުރަށް ކުރިމަތިލެވޭ ގޮތަށް ހެދުމަށް ވެސް ވަނީ ހުށަަހަޅައިފަ އެވެ. އަދި ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓާ އައްޔަން ކުރުމުގެ ބާރު ވެސް ރައީސަށް ލިބިދޭން އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ.
މިސްރުގެ ޕާލަމެންޓަށް "ކައުންސިލް އޮފް ސެނެޓާސް"ގެ ނަމުގައި އާ ބައެއް އިތުރުކޮށް، އެބައިގެ 250 މެމްބަރުންގެ ތިންބައި ކުޅަ އެއް ބަޔަކީ ރައީސް އައްޔަން ކުރައްވާ މެމްބަރުންނަށް ހެދުމަށް ވެސް ވަނީ ހުށައަޅައިފަ އެވެ.
ސީސީ މިސްރުގެ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު މުރުސީގެ ވެރިކަން ސިފައިން ނުކުމެ ބަޣާވާތަކުން ވައްޓާލައިގެންނެވެ. އޭރު ސިފައިންގެ އެންމެ އިސް ވެރިޔަކީ ސީސީ އެވެ.
ސީސީއަށް ކުރެއްވި "މަލާމާތާ" އެކު މަގާމުން ވަކިވެއްޖެ
ރައީސްގެ ނުބައި ވީޑިއޯއެއް ދެއްކުމުން ވަޒީފާ ގެއްލިއްޖެ
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަނީ
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
ރަޝިޔާއަށް ފޮނުވަން ހަތިޔާރެއް ނުއުފައްދަން: މިސްރު
އެމެރިކާގެ ޚާރިޖީ ވަޒީރު މެދު އިރުމައްޗަށް