Roadha Mihaaru
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 27 މީހެއް

30 އޮކްޓޯބަރ 2020

ފާއިތުވި 24 ގަޑިއިރު ރާއްޖެ އިން އިތުރު 27 މީހަކު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފާއިތުވި 24 ގަޑިއިރު ރާއްޖެ އިން އިތުރު 27 މީހަކު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ކޮވިޑަށް ޕޮޒިޓިވް ވީ 16 ދިވެއްސަކާއި 11 ބިދޭސީއެކެވެ. މިއާއެކު ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 11،643 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 10،779 މީހުން ރަނގަޅުވެ މިހާރު ފަރުވާދެމުން އަންނަނީ 820 މީހަކަށެވެ. ބަލި މީހުންގެ ތެރެއިން 54 މީހަކަށް ފަރުވާދެމުން ތިބީ އެޑްމިޓްކޮށްފަ އެވެ. އަދި 259 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީގަ އެވެ.

އަތޮޅުތެރޭގެ 20 ރަށެއްގައި މިވަގުތު އެކްޓިވް ކޭސްތައް އުޅޭއިރު، 27 ޓޫރިސްޓަކާއި 82 މުވައްޒަފަކު ވެސް އެކްޓިވް ކޭސްތަކުގައި ހިމެނެ އެވެ.

މި ބަލީގައި މިހާތަނަށް 37 މީހަކު ރާއްޖެ އިން ވަނީ މަރުވެފަ އެވެ.