Roadha Mihaaru
ޕޮޒިޓިވްވީ 70، ބަލިން ރަނގަޅުވީ 210

ޕޮޒިޓިވްވީ 70، ބަލިން ރަނގަޅުވީ 210

14 ސެޕްޓެމްބަރ 2020

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 70 މީހަކު ޕޮޒިޓިވްވެ، 210 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 70 މީހަކު ޕޮޒިޓިވްވެ، 210 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެތަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޕޮޒިޓިވްވީ މިހުންގެ ތެރޭގައި ހިމެނެނީ 48 ދިވެއްސަކާއި 22 ބިދޭސީންނެވެ.

އެޑްމިޓްކޮށްފައިވާ މިހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައި އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން 253 މީހުން ވެސް ދޫކޮށްލި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑުގައި ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 9،243އަށް އަރައިފަ އެވެ. އަދި ރަނގަޅުވި މީހުންގެ އަދަދަކީ 7،536 އެވެ. މި ބަލީގައި 33 މީހަކު ވަނީ މަރުވެފަ އެވެ.

މިހާތަނަށް ރާއްޖޭގެ 21 ރަށަކުން މިބަލި ފެނިފައިވާއިރު، 32 ރިސޯޓަކުން 22 ޓޫރިސްޓުންނާއި، 50 މުވައްޒަފުން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.