22 އޯގަސްޓް 2020
ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ. އެ ދުވަހު 278 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ. އެ ދުވަހު 278 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
އެޗްޕީއޭގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހާމަކުރަނީ، އެ ދުވަހެއްގެ ހަވީރު 6:00 އާ ހަމައަށް ނަތީޖާ ލިބުނު ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. އެގޮތަށް ހާމަކުރާއިރު، އޭގެ ކުރީ ދުވަސްތަކުގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ ވެސް ހިމެނެ އެވެ. އެހެންވެ، އެ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު އެޗްޕީއޭ އިން ހާމަކުރާ މައުލޫމާތަށް ވުރެ އިތުރުވުމާއި މަދުވުގެ ފުރުސަތު އޮވެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ހަވީރު 6:00 އިން ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އާ ހަމަ އަށް އިތުރު 145 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއީ އެ ދުވަހާއި އޭގެ ކުރީ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާއާއެކުގަ އެވެ. އެކަމަކު އެ ދުވަހު ކޮވިޑަށް 270 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. ރޭ ހާމަކުރި މައުލޫމާތުގައި ބުނީ 194 މީހަކު އަލަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ބުރާސްފަތި ދުވަހުގެ ކޭސްތައް ގިނަ އެވެ. ސީދާ އިއްޔެގެ ތާރީހުގައި ޕޮޒިޓިވްވި ކަމަށް އޮތީ 56 އެވެ. ނަމަވެސް އިއްޔެގެ ސާމްޕަލްތަކުގެ ތެރެއިން މިއަދު ހަވީރު 6:00 އާ ހަމަ އަށް ނަތީޖާ ލިބޭ ސާމްޕަލްތަކާ އެކު އެ އަދަދަށް ވެސް ބަދަލު އަންނާނެ އެވެ.
މީގެ ކުރިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދުވަހު 243 މީހަކު ޕޮޒިޓިވްވި އެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް އިތުރު 170 މީހުން ޕޮޒިޓިވްކަމަށް އެޗްޕީއޭ އިން ހާމަކުރިއަސް އެ ދުވަހު ނެގި ސާމްޕަލްތަކުން 201 މީހަކަށް ބަލި ޖެހިފައިވާކަން ފަހުން ނަތީޖާ ލިބުނު ސާމްޕަލްތަކުން ވަނީ އެނގިފަ އެވެ.
އޭޕްރީލް 15 ގައި މާލެ އިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން، އެއް ދުވަހެއްގައި 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހަކީ އެ މަހުގެ 30 ވަނަ ދުވަހެވެ. އެ ދުވަހު އަލަށް 178 މީހުންނަށް ކޮވިޑް ޖެހުނުއިރު ޖެހިގެން އައި ދެ ހަފުތާގައި ވެސް ބަލި ޖެހުނު މީހުންގެ އަދަދު ހުރީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. އެއަށް ފަހު ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވި މެއި 30 ގައި 127 މީހުން ޕޮޒިޓިވްވި އެވެ.
ޖުލައި 1 އިން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިިދިޔަ މަހުގެ 28 ގަ އެވެ. އެ ދުވަހު އަލަށް 151 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް، ޑޭޝްބޯޑުގެ މައުލޫމާތުތަކުން ދައްކަ އެވެ. އެއަށް ފަހު ނުވަ ދުވަހެއް ފިޔަވައި ބާކީ ހުރި ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.
ކޮވިޑް ޕޮޒިޓިވް ވެފައި ތިބި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. ރާއްޖެ އިން މިހާތަނަށް 6،564 މީހުންނަށް ބަލި ޖެހުނުއިރު ދިވެހިންގެ އަދަދު އުޅެނީ 3،867 ގަ އެވެ. ކޮވިޑުގެ ކޭސްތައް ފުރަތަމަ ފެންނަން ފެށި އިރު މި ބަލި ގިނައިން ޖެހުނީ ބަންގްލަދޭޝް މީހުންނަށް ކަމަށް ވިޔަސް މިހާރު އެ ގައުމުގެ މީހުންގެ އަދަދަކީ 2،108 އެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެ ގައުމުގެ 395 މީހަކަށް ބަލި ޖެހިފައި ވެ އެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނައިން ބަލި ޖެހިފައިވަނީ 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 1،691 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ވެސް ބޮޑު ބަޔަކީ މަސައްކަތެއް ނެތިފައި ތިބި ޒުވާނުންނެވެ.
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް
ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވީ 31 މީހުން
ރަށްރަށުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ބޮޑު
މަނަދޫން 26 މީހަކު ކަރަންޓީންކޮށްފި
ޕޮޒިޓިވްވީ 70، ބަލިން ރަނގަޅުވީ 210
ކެލަ އާއި ދިއްދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 100 އިން ދަށް ދުވަހެއް