29 އޮކްޓޯބަރ 2020
ޓިއުރިން (އޮކްޓޫބަރު 29) – ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު ޔުވެންޓަސް އަތުން ރޭ ޗެމްޕިއަންސް ލީގުގައި ލިއޮނަލް މެސީގެ ބާސެލޯނާ 2-0 އިން މޮޅުވެއްޖެ އެވެ.
ޓިއުރިން (އޮކްޓޫބަރު 29) – ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު ޔުވެންޓަސް އަތުން ރޭ ޗެމްޕިއަންސް ލީގުގައި ލިއޮނަލް މެސީގެ ބާސެލޯނާ 2-0 އިން މޮޅުވެއްޖެ އެވެ.
މިއީ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ކޮވިޑުގެ ސަބަބުން ރޮނާލްޑޯ އަށް ކުޅެވޭ ގޮތްނުވީ އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ތަފާތު ދެއްކީ މެސީ އެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ގޯލް އޮސްމާނޭ ޑެމްބެލޭ ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި ބާސެލޯނާގެ ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ޕެނަލްޓީއަކުން މެސީ އެވެ. އޭގެ ފަސް މިނެޓެއްހާއިރު ކުރިން ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރަލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މި މެޗުގައި އެންމެ ނަސީބު ދެރަކޮށް ދިޔައީ ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. އޭނާ ގޯލަށް ވައްދާލި ތިން ބޯޅަ ވެސް އޮފްސައިޑުގެ ސަބަބުން ރެފްރީ ގަބޫލުނުކުރީ އެވެ.
"މިއީ މުޅި ސީޒަނުގައި ވެސް އަހަރެމެންގެ އެންމެ މޮޅު މެޗު. މިއީ ޔޫރަޕުގެ ވަރުގަދަ ޓީމެއް އަތުން ލިބުނު ބޮޑު މޮޅެއް. އަދި އަހަރެމެން ކުޅެން ބޭނުންވާ ފުޓްބޯޅަ ކުޅެވިއްޖެ،" ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުންޏެވެ.
މިއީ ޔުވެންޓަސްގެ ކޯޗުކަމުގައި އަންދްރޭ ޕިރްލޯ އަށް ނާކާމިޔާބުވި ފުރަތަމަ މެޗެވެ. އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސް އަށް ކުޅުނު އެންމެ ފަހު މެޗަކީ 2015 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބާސެލޯނާ އަތުން ބަލިވި މެޗެވެ.
"މިއީ އުނދަގޫވާނެ މެޗެއްކަން ކުރިން ވެސް އެނގޭ. މިފަދަ މެޗުތަކަށް ތަޖުރިބާ ހުރި ކުޅުންތެރިން އެ ޓީމުގައި ގިނަ. އަހަރެމެންގެ އޮތީ ބިނާކުރަމުން އަންނަ ޓީމެއް. އަހަރެމެން އެބަޖެހޭ ކުރިއަރަން،" ޕިރްލޯ ބުންޏެވެ.
ގްރޫޕް ޖީ ގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ދެން އޮތް ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އާއި ހަންގޭރީގެ ފެެރެންސްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެ ދެ ޓީމު ރޭ 2-2 އިން އެއްވަރުވީ އެވެ.
މުބާރާތުގެ ގްރޫޕް އެފް ގައި ރޭ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގް އަތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން މޮޅުވި އެވެ. ގޯލްތައް ޖަހައިދިނީ ޖޭޑަން ސަންޗޯ އާއި އާލިން ހާލާންޑެވެ. އަނެއް މެޗުގައި އިޓަލީގެ ލާޒިއޯ އާއި ބެލްޖިއަމްގެ ކްލަބް ބްރޫޖް 1-1 އިން އެއްވަރުވީ އެވެ.
ލާޒިއޯ އާއި ބްރޫޖަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން އެއް ވަނައިގައި އޮތީ ލާޒިއޯ އެވެ. ޑޯޓްމަންޑް ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޒެނިތެވެ.
ޗެމްޕިއަންސް ލީގު: ސިޓީ އާއި ލިޔޯން ކުއާޓާ އަށް
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ރެއާލް ސަލާމަތްވީ ކިރިޔާ، ރޮނާލްޑޯ ރެކޯޑަކާ ހަމަކޮށްފި
ބޮޑެތި ޓީމުތަކަށް ނާކާމިޔާބު، ސިޓީ އަށް މޮޅެއް
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
ރެއާލަށް މޮޅެއް، އެންމެންގެ ތައުރީފް ރޮނާލްޑޯ އަށް
ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑުން ތަށި ދިފާއުކޮށްފި
ކުރީގެ ހަނދާން ނައްތާލާ، ތަށި ހޯދޭނެކަން ގަބޫލުކުރޭ
ފައިނަލުގެ ކުރިން ޒިދާންގެ ތައުރީފް ރޮނާލްޑޯ އަށް
ކުއާޓާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނީ ޔުވެންޓަސް