04 އެޕްރީލް 2018
ޓިއުރިން، އިޓަލީ (އޭޕްރީލް 4) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ޔުވެންޓަސް ބަލިކުރިއިރު، މި މެޗުގައި ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހިތްގައިމު ގޯލަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.
ޓިއުރިން، އިޓަލީ (އޭޕްރީލް 4) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ޔުވެންޓަސް ބަލިކުރިއިރު، މި މެޗުގައި ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހިތްގައިމު ގޯލަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު ރޭގެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ ރެކޯޑެއް ވެސް ހަދައިފަ އެވެ. މިހާރު އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރޭގެ މެޗު ފަށައިގެންް ތިން ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ.
ރޮނާލްޑޯ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ޔުވެންޓަސް އޭރިއާ ތެރެއިން އޯވަހެޑްކިކަކުން ރޮނާލްޑޯ ވައްދާލި މި ގޯލާ އެކު އޭނާ އަށް ތަރުހީބު ދިނުމަށް ޔުވެންޓަސް ސަޕޯޓަރުން ވެސް ތެދުވި އެވެ. މިއީ ފަހަކަށް އައިސް ޔުވެންޓަސް ދަނޑުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ތަރުހީބު ދިން ފުރަތަމަ ފަހަރެވެ.
"މިއީ އަހަރެންނަށް ވެސް ގަބޫލުކުރަން ދަތިވި ކަމެއް. މި ކަހަލަ މޮޅު ގޯލެއް ޖެހޭނެ ކަމަށް ކުރިން ހިއެއް ނުކުރަން. ޔުވެންޓަސް ސަޕޯޓަރުން ދިން ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކުރަން،" ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އޯވަހެޑް ކިކަކުން ބޯޅަ ގޯލަށް ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ ފުޓްބޯޅަ ތާރީހުގައި ފެނިގެންދާނެ އެންމެ މޮޅު އެއް ގޯލު ކަމަށެވެ. އަދި ރޮނާލްޑޯ އެ ބޯޅަ ގޯލަށް އަމާޒުކޮށްލި ގޮތުން އޭނާ އަށް ވެސް ލިބުނީ ހައިރާންކަމެއް ކަމަށް ޒިދާން ބުންޏެވެ.
ރެއާލުން ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވައި ޔުވެންޓަސް އިން އަލުން މެޗުގެ ތެރެއަށް އަންނަން ކުރި މަސައްކަތަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ އެ ޓީމުގެ ޕައޮލޯ ޑީބަލާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ޑީބަލާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގައި ޕެނަލްޓީ އެއް ހޯދުމަށް ރެއާލް އޭރިއާ ތެރެއިން ޑައިވް ކުރުމުންނެވެ.
މެޗުގެ ފަހު 25 މިނިޓް ޔުވެންޓަސް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނުއިރު، އޭގެ ފައިދާ ނަގައި ރެއާލުން އިތުރު ލަނޑެއް ޖެހި އެވެ. ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖެހީ މާސެލޯ އެވެ.
މިއީ 52 އަހަރަށް ފަހު ޔުވެންޓަސް ދަނޑުގައި ރެއާލަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ޔުވެންޓަސް ދަނޑުގައި ހަތް ފަހަރު މި ދެ ޓީމު ބައްދަލުކުރިއިރު، ރެއާލަށް މޮޅެއް ނުހޯދެ އެވެ.
މި މޮޅާ އެކު ރެއާލަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. އެއީ އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބޮޑު ތަފާތަކުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ރެއާލަށް ސެމީން ފުރުސަތު ލިބޭނެތީ އެވެ.
ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 2-1 އިން ސެވިއްޔާ ބަލިކޮށްފަ އެވެ. ޕަބްލޯ ސަރަބިއާ ސެވިއްޔާ އަށް ލީޑުނަގައިދީފައިވަނިކޮށް ބަޔާން އަށް އެއްވަރުވީ ސެވިއްޔާގެ ޖެސޫސް ނަވާސް އަތުން ވަން ބައި ގޯލަކުންނެވެ. ދެ ވަނަ ހާފުގައި ބަޔާން މޮޅުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ.
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ފައިނަލުގެ ކުރިން ޒިދާންގެ ތައުރީފް ރޮނާލްޑޯ އަށް
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ
ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ
"މެސީއާ އޮންނަ ވާދަވެރިކަން އުފައްދަނީ ސަޕޯޓަރުން"
"ރެއާލުން މިހާރު އެ ފެންނަނީ ރޮނާލްޑޯ ނެތްތަން"
ބާސެލޯނާ އިން ޔުވެންޓަސް ބަލިކޮށްފި
ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް