28 އޮކްޓޯބަރ 2020
ސްމާޓްފޯނަށް ދެވިހިފައި ބޭނުމެއް ނެތް ގޮތަށް ވަގުތު ހޭދަކުރާތީ އެކަމާ ދެކޮޅަށް ޔޫއޭއީގެ ސްޓާޓްއަޕަކުން ހާއްސަ މަސައްކަތެއް ފަށައިފި އެވެ.
ސްމާޓްފޯނަށް ދެވިހިފައި ބޭނުމެއް ނެތް ގޮތަށް ވަގުތު ހޭދަކުރާތީ އެކަމާ ދެކޮޅަށް ޔޫއޭއީގެ ސްޓާޓްއަޕަކުން ހާއްސަ މަސައްކަތެއް ފަށައިފި އެވެ.
ލޮކްއެންޑްސްޓޮކް ކިޔާ ކުންފުނިން އެޑިކްޝަނާ ދެކޮޅަށް ކުރާ ކަމަކީ ފޯނާ ދުރުގައި ޒުވާނުން ހޭދަކުރާ ވަގުތުތައް ފާހަގަކޮށް ހާއްސަ އިނާޔްތަތަކެއް ދިނުމެވެ. މީގެ ތެރޭގައި އެކި އިންސްޓިޓިއުޝަންތަކަށް އެޕްލައިކޮށްގެން މަތީ ތައުލީމު ހޯދުމާއި ފެންވަރު ރަނގަޅު ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދުމާއި ވިޔަފާރިކުރުމުގެ އޮފާތަކާއި ފިލްމުތައް ބަލައިލަން ސިނަމާތަކަށް ދާން އޮފާއެއް ލިބުން ފަދަ ކަންކަން ހިމެނެ އެވެ.
ކްރެއިގް އާއި އިއަން ފެނަންޑޭޒް ވުޖޫދަށް ގެނައި ލޮކްއެންޑްސްޓޮކުން ބުނިގޮތުގައި ފޯނާ ވީހާ ވެސް ބޮޑަށް ދުރުކޮށްދޭން ހަދާ ގޮތަކީ ލޮކްއެންޑްސްޓޮޕްގެ މޮބައިލް އެޕް މެދުވެރިކޮށް ގޫގުލް މެޕްސް އެހީގައ އޮޓޮމެޓިކުން ފޯނު ލޮކްކުރުމެވެ. މިސާލަކަށް ކިޔަވާ ދަރިވަރަކު ނަމަ އެ ވަގުތު އޭނާ ހުރީ ކިޔަވާ ތަނުގައި ނަމަ އެތަނުގައި އޭނާ ހުރިކަން ގޫގުލް މެޕްސް މެދުވެރިކޮށް އެނގުމުން އޭނާގެ ފޯނު އޮޓޯއިން ލޮކްކޮށްލާނެ އެވެ. ލޮކްއެންޑްސްޓޮކް އެޕް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
Thank you @ArabianBusiness for the feature!https://t.co/tp1bRkkzRU
— Lock&Stock (@lockandstockapp) October 26, 2020
ލޮކްއެންޑްސްޓޮކުން ބުނީ އެ އެޕް ބޭނުންކުރަން ފެށުމުން ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށާނެ ކަމަށެވެ. ބޭނުމަކީ ފޯނަށް ދެވޭ ވަގުތު ވީހާ ވެސް ބޮޑަށް މަދުކޮށް، އާންމު ދިރިއުޅުމުގެ އެހެން ކަމަށް ފޯކަސްކުރަން ހިތްވަރު ދިނުމެވެ.
ލޮކްއެންޑްސްޓޮކްގެ ޗީފް މާކެޓިން އޮފިސަރު ހުސައިން އަލީ އަސްގަރް ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް ހަދައިގެން ވެސް ހާއްސަކޮށް ޒުވާނުން ފޯނު އެޑިކްޝަނުން ސަލާމަތްކުރުމަކީ ވަރަށް ބޮޑަށް މުހިއްމުވެފައިވާ ކަމެކެވެ. އޭނާ ވިދާޅުވީ ފޯނު ލޮކްކޮށްގެން އުޅޭ ވަގުތުގެ ސަބަބުން ހާއްސަ އިނާޔަތްތަކެއް ލިބޭ ނަމަ ގިނަ ބަޔަކު އޭގެ ބޭނުން ވެސް ހިފާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ފޯނު އަންލޮކިންގައި އޮންނަ ކޮންމެ މިނިޓަކަށް އެ ޑިވައިސްއެއް ގެންގުޅޭ މީހަކަށް އެބަ ހޯދޭ ހާއްސަ ޓޯކެންއެއް. އޭގެ ދަށުން އަހަރެމެން ފުރުސަތު ދެން އަހަރެމެން ލިސްޓްކޮށްފައި ހުރި ކުންފުނިތަކުގައި އިންޓާންގެ ގޮތުގައި މަސައްކަތްކުރުމާއި އަދިވެސް ވަޒީފާގެ އެ ނޫން ފުރުސަތުތައް ހޯދަން،" ހުސައިން ވިދާޅުވި އެވެ. "މީގެ އިތުރުން ރެސްޓޯރަންޓްތަކުން އޮފާތައް ވެސް އެބަ ހޯދާލެވޭ. މިކަހަލަ ފުރުސަތުތަކެއް ލިބުނީމަ ޔަގީނުން ވެސް ގިނަބ ބަޔަކު ސްމާޓްފޯނަށް ހޭދަކުރާ ވަގުތު މަދުކުރާނެ."
އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ޔޫއޭއީގައި ފެށި ކަމެއް ނަމަވެސް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް މީގައި ބައިވެރިވޭނެ އެވެ. ކުރަން ޖެހޭ ކަމަކީ ލޮކްއެންޑްސްޓޮކް ޑައުންލޯޑްކޮށްލުމެވެ.
ލޮކްއެންޑްސްޓޮކްގައި މިހާރު ލިސްޓްކޮށްފައިވާ ޔުނިވަސިޓީތަކުގެ އަދަދު ވެސް 500 އަށް އަރަ އެވެ. އަދި އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 52،000 އަށް އަރަ އެވެ.
އެކްސެންޓް ފަސޭހަކޮށްދޭން ނުކުތް ތިން ޒުވާނުން
"ކްލަބްހައުސް" އެންޑްރޮއިޑަށް އައުން ލަހެއް ނުވާނެ
ގޫގުލް "ފައިލްސް" އަށް ތިޖޫރިއެއް
އެޕްލިކޭޝަން ސްޓޯރުތަކުން ޓިކްޓޮކް ނަގަން ގޮވާލަނީ
ބާވެފައިވާ އެޕްތައް އެޕް ސްޓޯރުން ބޭރުކުރަނީ
ޑިވެލޮޕަރުންނަށް އެޕް ސްޓޯރުން 260 ބިލިއަންގެ އާމްދަނީއެއް
ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ޖޫރިމަނާކޮށްފި
ޓިކްޓޮކްގެ ބަދަލުގައި އިންޑިއާ އަށް "ދަކްދަކް"
ޓްރަމްޕުގެ ސަޕޯޓަރުން ގިނަ "ޕާލާ" އެޕް ނަގައިފި
އެޕް ސްޓޯރަށް "ނިއުޓްރިޝަން ލޭބަލް"