Roadha Mihaaru
ތަމްރީންތަކަށް ބޮޑެތި މަގުތަކެއް ބަންދުކުރަނީ

ތަމްރީންތަކަށް ބޮޑެތި މަގުތަކެއް ބަންދުކުރަނީ

26 އޮކްޓޯބަރ 2020

ސަލާމަތީ ބާރުތަކުން މިއަދާއި މާދަމާ ކުރިއަށްގެންދާ ތަމްރީންތަކާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސަލާމަތީ ބާރުތަކުން މިއަދާއި މާދަމާ ކުރިއަށްގެންދާ ތަމްރީންތަކާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަން ނިންމައިފި އެވެ.

ބަންދުކުރަން ނިންމާފައި ވަނީ އެއާޕޯޓް މަގާއި ސިނަމާލެ ބްރިޖުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯން ކަމަށް ފުލުހުން ބުންޏެވެ. އެ މަގުތައް ބަންދުކުރާނީ މެންދުރު 1:00 ގެ ފަހުން އެކި ވަގުތުތަކުގައި ކަމަށް ބުނި ނަމަވެސް މަގުތައް ބަންދުކޮށްފައި ހުންނާނީ ކިހާ އިރެއް ވަންދެއް ކަމެއް ނުބުނެ އެވެ.

މި ތަމްރީންތަކުގައި ބައިވެރިވަނީ ފުލުހުންނާއި ސިފައިންނެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

ފުލުހުންނާއި އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީންތަކަށް މީގެ ކުރިން ވެސް މާލޭގެ މަގުތައް ވަނީ ވަގުތީކޮށް ބަންދުކޮށްފަ އެވެ. އަދި ހަތިޔާރާ އެކު ހަރަކާތްތެރިވާ ނަމަ، އެކަން ވެސް އާންމުކޮށް އިއުލާނުކޮށްފައި ވެ އެވެ.