Roadha Mihaaru
ބޯޓަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ބޯޓަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

23 އޮކްޓޯބަރ 2020

ގުޅީފަޅާ ދިމާލުން ބޭރުގައި އަޅާފައި އޮތް ބޯޓަކުން ވެއްޓި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ގުޅީފަޅާ ދިމާލުން ބޭރުގައި އަޅާފައި އޮތް ބޯޓަކުން ވެއްޓި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ "ވިކްޓޯރިއާ 267" ކިޔާ ބޯޓު ތެރެއަށް ވެއްޓި ބޯ ފަޅައިގެން ދިޔަ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ. އެ ކޭސްއަށް އެޓެންޑް ވެ އޭނާ މާލެ ގެނެވުނީ މެންދުރު 12:10 ހާއިރު ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށާއި އެއީ އުމުރުން 64 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ޔަގީނެއް ނުވެ އެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗާ ދިމާލުން މޫދުގައި ވެސް މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިފައި ވެ އެވެ.