Roadha Mihaaru
ބުރުނީ ހާދިސާ: އިމަޖެންސީގައި ދެ މީހަކަށް ފަރުވާ ދެނީ

ބުރުނީ ހާދިސާ: އިމަޖެންސީގައި ދެ މީހަކަށް ފަރުވާ ދެނީ

28 ފެބުރުއަރީ 2023

ތ. ބުރުނީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ބޮޑު ހާދިސާގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ބުރުނީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ބޮޑު ހާދިސާގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ވެއްޓުނު ރުކަކުން ޖެހި އެކަކު މަރުވެ، ތިން މީހަކަށް އަނިޔާ ވި އެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް އެ ދުވަހު ގެންދިޔަ ނަމަވެސް އިތުރު ފަރުވާ އަށް ފަހުން މާލެ ފޮނުވާލި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބުރުނީގައި ހިނގި ހާދިސާގައި އަނިޔާވެގެން ތިން މީހަކު އެ ތަނަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.

ބާކި ތިބި ދެ މީހުންނަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އުމުރުން 27 އަހަރުގެ ސްރީ ލަންކާގެ މީހަކާއި 43 އަހަރުގެ އިންޑިއާ މީހެކެވެ.

އެ މީހުންގެ އަތާއި ބޮލުގެ އެކި ތަންތަން ވަނީ ފަޅައިގެން ގޮސްފަ އެވެ.

ލިބިފައިވާ ބައެއް ވީޑިއޯތަކުން އެނގޭ ގޮތުގައި ވިއްސައިގެން ގޮސް އެކެއްގެ ބޯ ޖެހިފައި އޮތީ ކޮންކްރީޓް ގަނޑެއްގަ އެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް ލޭތައް ފައިބަމުން ދިޔައިރު އޭނާ އަށް ހަރަކާތް ކުރެވެނީ ވަރަށް ކުޑަކޮށެވެ. ބައެއް މީހުންގެ ބޭރުފުށުން ޒަހަމެއް ފެންނަން ނެތަސް އެ އެންމެން ތިބީ ހަރަކާތް ހުއްޓިފަ އެވެ.