Roadha Mihaaru
ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް

ޓޫރިޒަމް މިނިސްޓްރީގެ ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަން ފަށައިފި

22 އޮކްޓޯބަރ 2020

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބައިިވެރިވި މީހަކު ބަދު އަޚުލާގީ ވީޑިއޯތަކެއް ދެއްކި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މަންޒަރުތައް ދައްކާފައިވަނީ މިއަދު ބޭއްވީ ހއ. އުލިމަގު ޓޫރިޒަމް މަޝްރޫއުގެ ޕްރީ ބިޑް މީޓިންގައި އެ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހެކެވެ.

އޮރިޔާން ކާޑު ގެންގުޅުމާއި އުފެެއްދުމާއި އެހެން މީހުންނަށް ދެއްކުމަކީ ޖިނާއީ ކުށެކެވެ.