ޓީޗަރަކު ސްކޫލު ކުއްޖަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލާގައި ބަޔަކު އޭނާއަށް އަނިޔާކޮށްފައި ވާއިރު އެއީ އެ މައްސަލައިގެ ތުހުމަތަށް މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފައިވާ ޓީޗަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
24 އޯގަސްޓް 2022
ޓީޗަރަކު ސްކޫލު ކުއްޖަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލާގައި ބަޔަކު އޭނާއަށް އަނިޔާކޮށްފައި ވާއިރު އެއީ އެ މައްސަލައިގެ ތުހުމަތަށް މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފައިވާ ޓީޗަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލު ކުއްޖަކަށް ޓިއުޝަން ދޭން ކަމަށް ބުނެ ޓީޗަރަކު ގެއަކަށް ގޮސް، ބަދުއަހުލާގީ މަންޒަރުތައް ފެންނަ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލަ ހުށަހެޅީ މި މަހު 17 ގައި ކަމަށެވެ.
"ހަމަ އެ ދުވަހު އެ ޓީޗަރު ވަނީ ސްކޫލަށް ހާޒިރުނުވެވޭ ގޮތަށް ސަސްޕެންޑްކުރެވިފައި. އަދި އެ މައްސަލަ ވަނީ ޕޮލިހަށް ހުށަހެޅިފައި،" މިނިސްޓްރީން ބުންޏެވެ.
ޓީޗަރު ދިރިއުޅޭ ހިޔާ ފްލެޓް ސަރަހައްދަށް ރޭ ބަޔަކު ގޮސް، އޭނާ މަގުމައްޗަށް ނެރެ މާރާމާރީ ހިންގައި އޭނާ އަށް ވަނީ އަނިޔާކޮށްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ރޭ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
ހިޔާ ފުލެޓްތައް ކައިރީގައި ރުކެއްގައި ދޮށުގައި އެ މީހާ ބަހައްޓައި އޭނާއާ ދިމާލަށް އެއްޗެހި ގޮވައި، އަތްފައިން ތަޅާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު ވެސް އިވެ އެވެ. އަނިޔާކުރަން ފެށުމުން، އެކަން ކުރި ކަމަށް އޭނާ އެއްބަސް ވެސް ވެ އެވެ. އަދި ފަހުން އޭނާ ލައިގެން ހުރި އެއްޗެހި ބާލުވައި، ގަންހިންގުވި އެވެ.
އަނިޔާކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބިފައި ވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް
ސްކޫލްގައި އަނިޔާ ދިން މީހަކު ނުހޯދޭތީ ކަންބޮޑުވުން!
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ފަޅުރަށެއްގައި ކުޑަކުދިންތަކަކާ ބެހުނު މައްސަލައެއް
ދަރިވަރަށް އަނިޔާކުރި ޓީޗަރު ކޯޓުން ދޫކޮށްލައިފި
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް