އިންޓަނެޓް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަލާ މަންޒަރު ބެލުމާއި ޝެއާކުރުމާއި ޗައިލްޑް ޕޯނޯގްރަފިކް މެޓީރިއަލްއަށް އެކްސެސްވުން ރާއްޖޭގައި ކަންބޮޑުވާ މިންވަރަަށް އިތުރުވެފައިވާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
17 މެއި 2023
އިންޓަނެޓް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަލާ މަންޒަރު ބެލުމާއި ޝެއާކުރުމާއި ޗައިލްޑް ޕޯނޯގްރަފިކް މެޓީރިއަލްއަށް އެކްސެސްވުން ރާއްޖޭގައި ކަންބޮޑުވާ މިންވަރަަށް އިތުރުވެފައިވާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފެށި ޖަސްޓިސް ސެކްޓަ ހައިލެވެލް ކޮންފަރެންސްގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ދިވެހިރާއްޖޭގެ އައިޕީ އެޑްރެސްތަކުން ދުވާލަކު 200 އަށް ވުރެ ގިނަ ފަހަރަށް ޗައިލްޑް ޕޯނޯގްރަފީއަށް އެކްސެސްވެ އެފަދަ މަންޒަރުތަކާއި ވީޑިއޯ ޑައުންލޯޑްކޮށް ޝެއާކުރަމުންދާކަން ބައިނަލްއަގުވާމީ އިދާރާތަކުން ދިވެހި ފުލުހުންނާ ހިއްސާކުރަމުން އަންނަ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. ނަމަވެސް މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ޕޮލިސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށާއި އިދާރާތަކުން މިހާރަށްވުރެ ފަސޭހައިން މައުލޫމާތު ހިއްސާކޮށް މިފަދަ މައްސަލަތައް ބެލުމަށް ބޭނުންވާ ޑޭޓާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"މިހާރު" އަށް އެގިފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގެ ކޮންޓެންޓް އަދި އައިޕީ އެޑްރެސް ފަދަ މައުލޫމާތު ބައިނަލްއަގުވާމީ އިދާާރާތަކުން ފުލުހުންނާ ހިއްސާކުރިޔަސް މިފަދަ މީހުން ހޯދުމަށް ފުލުހުންނަށް ގޮނެޖެހުން މެދުވެރިވަނީ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން އައިޕީ އެޑްރެސްގެ ވެރިފަރާތުގެ މައުލޫމާތު ރައްކާކޮށްފައި ނުހުންނަކަމަށް ބުނެ އެފަދަ މައުލޫމާތު ފުލުހުންނާއި ހިއްސާ ނުކުރާތީ އެވެ. ސައިބަ ކްރައިމްއާ ގުޅުންހުރި ގިނަ މައްސަލަތަކެއްގައި އިންޓަނެޓް ޓްރެފިކް ޑޭޓާ ނުލިބިގެން މައްސަލަ ކުރިޔަށް ނުގެންދެވި ފައިލްކުރަންޖެހޭކަން ވެސް އެނގިފައިވެ އެވެ.
ރާއްޖެއަކީ މި ސަރައްދުގައި އިންޓަނެޓް އާބާދީގެ ނިސްބަތުން ބޭނުންކުރާ މިންވަރު އެންމެ ގިނަ ގައުމު ނަމަވެސް ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަ ކްރައިމް އަދި ސައިބަ ސޭފްޓީ ގާނޫނުތަކެއް ނެތެވެ. އެހެންވެ އިންޓަނެޓް ސަވިސް ދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބޭނުންވާ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓައި ހިއްސާކުރުމަށް ހުރަސްއެޅުމުގެ ކަންބޮޑުވުން އޮވެ އެވެ.
އިންޓަނެޓްގެ އެކި ވަސީލަތްތައް ބޭނުންކޮށް ކުށްތަކަށް އަރައިގަތުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންގެ އަބުރާ ބެހުމާއި ފުރައްސާރަކުރުން ވެސް ރާއްޖޭގައި އާންމުވެ އިޖުތިމާއީ އެތައް މައްސަލަތަކެއް ދަނީ އުފަންވަމުންނެވެ. މީގެ އިތުރުން އިންޓަނެޓްގައި ދިވެހިންނަށް އަމާޒުކޮށް ޣައިރު ދީންތައް ޕްރޮމޯޓްކުރުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުންތައް ޝާއިއުކުރާ ވެބްސައިޓްތަކާއި ޕޭޖްތަކާއި ޗެނަލްތަކެއް ބަންދުކުުރުމަށް ފުލުހުން ކޯޓަށް ހުށަހަޅައިގެން 2021 ވަނަ އަހަރު ޑިސެމްބަރު މަހު އަމުރެއް ނެރުނެވެ. އެ އަމުރު 72 ގަޑިއިރުތެރޭގައި ތަންފީޒުކުރަން ސާވިސް ޕްރޮވައިޑަރުންނަށް އެންގި ނަމަވެސް އެކަން ވެސް ތަންފީޒުކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަަވަޅެއް އެޅިކަން ވެސް އެނގޭކަށް ނެތެވެ.
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް
ބަރަހަނާ ފޮޓޯ/ވީޑިއޯ ލައްކައިން، ކުޑަކުދިން ހިމެނޭ
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި
ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
ނުރައްކާތެރި ކުށްކުރާ ޖީލެއް: ބަލަން ތިބެންވީތަ؟!
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް