Roadha Mihaaru
ރަސްދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ރަސްދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި

22 އޮކްޓޯބަރ 2020

އއ. ރަސްދޫގައި ގާއިމުކުރަމުން އަންނަ ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އއ. ރަސްދޫގައި ގާއިމުކުރަމުން އަންނަ ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަސައްކަތް ކޮމިޝަން ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ވަނީ އަޅައިފަ އެވެ. އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، ގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން، އާރުއޯ ފެސިލިޓީ ބިލްޑިންއެއް ހަދައި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާނގީ އާއި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމެއްގެ އިތުރުން ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓައިފަ އެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތައް ވެސް މި މަޝްރޫއުގެ ގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.