Roadha Mihaaru
ހެލްތަށް ނަސީމް އައްޔަން ކުރުމުން ނަޝީދުގެ ތައުރީފް

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވުމުން ނަޝީދުގެ ތައުރީފް ރައީސަށް

22 އޮކްޓޯބަރ 2020

ހެލްތް މިނިސްޓަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އައްޔަން ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ފުރިހަމަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެލްތް މިނިސްޓަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އައްޔަން ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ފުރިހަމަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު ނަސީމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވީ ނަޝީދުގެ ވެރިކަމުގަ އެވެ.

ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަންކުރެއްވުމާ އެކު ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ސިއްހީ ދާއިރާއަށް ހިންގުންތެރި ވަޒީރެއް ބޭނުންވެފައި ވަނިކޮށް ނަސީމް އެ މަގާމަށް އައްޔަން ކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ފުރިހަމަ ނިންމެވުމެއް ކަމަށެވެ. އަދި ނަސީމަކީ ތަފާތު ދައްކަވާނެ ބޭފުޅެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަމީން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. އޭނާގެ މައްސަލަ މަޖިލީހަށް ވެއްދީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ އެވެ.

އަމީނާއި ހެލްތް މިނިސްޓްރީގެ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.