21 އޮކްޓޯބަރ 2020
ލަންޑަން (އޮކްޓޫބަރު 21) - އާސެނަލްގެ މި ސީޒަނުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން އޭނާ ބާކީކުރުމުން، އެނގިގެން ދިޔައީ ކްލަބަށް ވަފާތެރިވުމުގެ ފައިދާއެއް ނުލިބުނުކަން ކަމަށް އެ ޓީމުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލް ބުނެފި އެވެ.
ލަންޑަން (އޮކްޓޫބަރު 21) - އާސެނަލްގެ މި ސީޒަނުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން އޭނާ ބާކީކުރުމުން، އެނގިގެން ދިޔައީ ކްލަބަށް ވަފާތެރިވުމުގެ ފައިދާއެއް ނުލިބުނުކަން ކަމަށް އެ ޓީމުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލް ބުނެފި އެވެ.
އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހަފްތާ އަކު 458،000 ޑޮލަރުގެ މުސާރަ ލިބޭ ގޮތަށް ހުރި އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ މާޗް މަހު ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ދުވަހަށް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށި ފަހުން އާސެނަލްގެ ޓީމުން އޮޒިލަށް ފުރުސަތެއް ނުލިބެ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނަނީ އޮޒިލް އަށް ފުރުސަތު ނުދެނީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށާއި ކޮންމެ ކުޅުންތެރިއަކު ވެސް ފުރުސަތު ހޯދާނީ ޓްރެއިނިން އިން އެކަން ސާބިތުކޮށްދީގެން ކަމަށެވެ.
އޮޒިލް ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ޖެނުއަރީ މަހުގައި ކްލަބްގައި މަޑުކުރަން އޭނާ ދެއްކި ވަފާތެރިކަމުގެ ބަދަލު ނުލިބުނު ކަމަށެވެ.
"އަހަރެން އާ ކޮންޓްރެކްޓްގައި ސޮއިކުރިއިރު މި ކްލަބަށްޓަކައި އޮތް ލޯތްބާއި ވަފާތެރިކަން ދައްކައިދިނިން. އެކަމަކު މިހާރު އަހަރެން ހިތާމަކުރަން މި ޖެހެނީ ކްލަބުން އޭގެ ބަދަލުގައި އަހަންނާ މެދު ކަންތައްތައް ކުރާ ގޮތުން. އަހަންނަށް މިހާރު ވިސްނުނީ ވަފާތެރިކަމުގެ ހެޔޮ ބަދަލެއް ހޯދުމަކީ މިހާރު އުނދަގޫކަމެއްކަން،" އޮޒިލް ބުންޏެވެ.
Vaahakathah ginave Ozil ge rulhigandu falhaigen hingajje
The most trusted news source in the Maldives
Mihaaru
އޮޒިލް ވަނީ އޮގަސްޓް މަހު ވެސް އާސެނަލްގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި.
އޮޒިލް ބުނީ ޕްރިމިއާ ލީގަށް ރަޖިސްޓްރީ ކުރި ސްކޮޑުން އޭނާ ބާކީކުރުމުން ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ވެސް ހަފްތާ އިން ހަފްތާ އަށް މަސައްކަތްކުރަމުން އައީ ޓީމަށް އެނބުރި އާދެވޭނެ ކަމުގެ އުއްމީދުގައި ކަމަށާއި އެކަމަށް ވިސްނައި ބަހެއް ނުބުނެ ހުރުމަށް ފަހު އެންމެ ފަހުން ވާހަކަ ދައްކަން ޖެހުނީ ކަމަަށް އޭނާ ބުންޏެވެ.
"މިއީ އާސެނަލް ސަޕޯޓަރުންނަށްޓަކައި އަހަރެން ވަރަށް އުނދަގޫ ހާލަތެއްގައި ހުރެ އަހަރެން ދޭން ބޭނުންވާ މެސެޖެއް. މި ވަގުތަށް ނަމަވެސް އަހަރެން ޕްރިމިއާ ލީގުގައި ވާދަކުރާ އާސެނަލް ޓީމުގައި ރަޖިސްޓްރި ނުކުރުމަކީ ލިބުނު ބޮޑު ހިތާމައެއް." އޮޒިލް ބުނެފައިވެ އެވެ.
އޮޒިލް ބުނީ ކޮވިޑް-19ގެ ސަބަބުން މިދިޔަ ސީޒަން މެދުކަނޑާލުމުގެ ކުރިން އޭނާ ހުރީ ވަރަށް ރަނގަޅު ލެވަލެއްގައި ކަމަށާއި އޭރު ޓީމުގެ ކޯޗު އާޓެޓާގެ ދަށުން ކްލަބުން ހޯދަމުން އައި ކުރިއެރުމުގައި އޭނާގެ ހިއްސާ ވެސް އޮތް ކަމަށެވެ. އެކަމަކު ފަހުން ހުރިހާ ކަމެއް ބަދަލުވީ ހީނުކުރާ ފަދަ ގޮތަކަށް އޭނާ ބާކީވެގެން ކަމަށާއި އެހެން ނަމަވެސް އުއްމީދުތަކަށް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.
"ލަންޑަންގައި އަދިވެސް އަހަންނަށް ކުރެވެނީ އަމިއްލަ ގެއެއްގައި ކުރެވޭ އިހުސާސް. އަދިވެސް އަހަރެންގެ ރަހުމަތްތެރިން މި ޓީމުގައި އެބަތިބި. ސަޕޯޓަރުންނާ އަހަންނާ ދެމެދު އޮތް ގުޅުން ވެސް ވަރުގަދަ. ކޮންމެ ގޮތެއް ވިޔަސް މި ހުރިހާ ކަމެއް މިހެންދިޔަ ކަމަށް ވިޔަސް އަަހަރެންގެ އަށް ވަނަ ސީޒަން މިހެންދާން ބޭނުމެއް ނޫން. އަަހަރެންގެ ޖާގަ ހޯދަން މަސައްކަތްކުރާނަން،" ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ސޮއިކުރި އޮޒިލް ބުންޏެވެ.
ތުރުކީ އާއި ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން އޮޒިލް ބާކީކުރުމުގެ ފަހަތުގައި ފުޓްބޯޅައިގެ ބޭރުގެ ސަބަބުތަކެއް ވުމުގެ ތުހުމަތުކެއްވެ އެވެ. މިދިޔަ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.
އާސެނަލްގެ މެޗެއްގެ ތެރެއިން ކޯޗު އާޓެޓާ (ކ) އާއި އޮޒިލް.-- ފޮޓޯ: އޭއެފްޕީ
މިދިޔަ އޮގަސްޓް މަހު އޮޒިލް ވަނީ މީޑިއާގައި ދެއްކި ވާހަކައިގައި އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ. އޮޒިލް މިއަދު ނެރުނު ބަޔާނުގައި މި ވާހަކަތައް ދައްކާފައިނުވި ނަމަވެސް ބަޔާން ނިންމާލަމުން އިޝާރާތްކޮށްފައިވަނީ މި ފަދަ މައްސަލަތަކަކާ ދިމާލަށެވެ.
"ކްލަބުން އަހަންނާ މެދު މި ނިންމި ކަންތައްތަކާ (ޓީމުން ބާކީކުރުމާ) ގުޅިގެން އަހަރެންގެ ވިސްނުން ބަދަލެއް ނުވާނެ. އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް ޓްރެއިން ކުރާނަން. އަދި އަހަރެން އަޑުއުފުލަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފައި އިންސާނިއްޔަތާއި ބޭއިންސާފާ ދެކޮޅަށް ބަސްބުނާނަން،" އޮޒިލް ބުނެފައިވެ އެވެ.
ޕްރިމިއާ ލީގުގެ ސްކޮޑުން އޮޒިލް ބާކީކުރުމާ އެކު އަންނަ ޖެނުއަރީ މަހާ ޖެހެންދެން އެނާ ކުޅެން ޖެހޭނީ އާސެނަލްގެ 23 އަހަރުން ދަށުގެ ޓީމުގަ އެވެ. އުމުރުން 32 އަހަރުގެ އޮޒިލްގެ އިތުރުން އާސެނަލްގެ ތަޖުރިބާކާރު ގްރީސް ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮލަސް ވެސް ސީނިއާ ޓީމުން ބާކީކުރުމާ އެކު ކުޅެން ޖެހިފައިވަނީ ޖޫނިއާ ޓީމުގަ އެވެ.
މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އޮޒިލަށް އެމެރިކާ އާއި ސައުދީ އަރަބިއްޔާ އަދި ތުރުކީގެ ޓީމުތަކުން ހުށަހެޅުން ލިބުނު ނަމަވެސް އޭނާ އާސެނަލްގައި މަޑުކުރީ ކޮންޓްރެކްޓް ފުރިހަމަކުރަން ކޮންމެހެން ވެސް ވެސް ބޭނުންވާތީ އެވެ.
ސަޕޯޓަރުންނަށް މެޗު ބަލަން ދަނޑަށް ވެއްދޭނެ ދުވަހެއް ނޭނގޭތީ ހަރަދުކުޑަކުރުމުގެ ގޮތުން އާސެނަލުން ކްލަބްގެ މެސްކޮޓް "ގަނާސޯރަސް" ދޫކޮށްލަން ނިންމާފައިވަނިކޮށް އޭނާ ވަޒީފާގައި ބަހައްޓައި މުސާރަ ދޭން އޮޒިލް ނިންމުމުން ސަޕޯޓަރުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
އާސެނަލްގެ އެއްބަސްވުން އުވާލައި އޮޒިލް ފެނަބާޗޭ އަށް
އޮޒިލްގެ ޝައުގުވެރިކަން ތުރުކީ އާއި އެމެރިކާ އަށް
އޮޒިލް ޓީމަށް ނަގަން އާސެނަލް ކުޅުންތެރިން އެދެނީ
ޔުވެންޓަސް އިން އޮޒިލް ބޭނުމެއް ނުވި
އޮޒިލްއާ މެދު ބޭއިންސާފެއް ނުވަން: އާޓެޓާ
އާސެނަލުން އޮޒިލް ބާކީކޮށްފި، ޗެކް ޗެލްސީ ޓީމަށް
އާސެނަލްގެ މެސްކޮޓްގެ ހަރަދާ އޮޒިލް ހަވާލުވެއްޖެ
އޮޒިލްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ
މުސާރަ ދީފައި އާސެނަލުން އޮޒިލް ދޫކޮށްލަނީ
އޮޒިލްގެ މުސާރައިގެ ވާހަކަ އާޓެޓާ އަށް މުހިއްމެއް ނޫން