21 އޮކްޓޯބަރ 2020
އަމްސްޓެޑަމް (އޮކްޓޫބަރު 21) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލްގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް އެއީ ގޮތް ހުސްވެގެން އުޅެންޖެހޭ ހާލަތެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އަމްސްޓެޑަމް (އޮކްޓޫބަރު 21) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލްގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް އެއީ ގޮތް ހުސްވެގެން އުޅެންޖެހޭ ހާލަތެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އެވަޓަންއާ 2-2 އިން އެއްވަރުވި މެޗުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ލިވަޕޫލްގެ ވައިސް ކެޕްޓަން ވާޖިލް ވެން ޑައިކަށް ވަނީ ސީޒަން ނިމުމުގެ ބިރު ބޮޑުވެފަ އެވެ. އެ މެޗުގައި ލިބުނު އަނިޔާތަކެއްގެ ސަަބަބުން ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އާއި ޑިފެންޑަރު ޔޮއެލް މަޓިޕް އަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އަނެއްކޮޅުން ލިވަޕޫލްގެ އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ އާއި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ގްރީކުގެ ފުލްބެކް ކޮސްޓަސް ސިމިކާސް ވެސް ތިބީ އަނިޔާގަ އެވެ.
"އެހާ ގިނަ ކުޅުންތެރިންނަށް އަނިޔާވެފައި ތިބުމަކީ ހިތްހަމަޖެހޭ ކަމެކޭ ނުބެނެވޭނެ. އަދި އެ ހުރިހާ މައްސަލައިގެ ސަބަބުން އަހަރެމެން ގޮތް ހުސްވީއެކޭ ވެސް ނުބުނެވޭނެ. ސީޒަނަކާ ކުރިމަތިލާއިރު ބޮޑު ސްކޮޑެއް އެކުލަވާލައިގެން ނުކުންނާނީ ވަރަށް ގިނަ ޕްލޭންތަކެއް ސިކުނޑީގައި ބަހައްޓައިގެން. މިހާރު މި އޮތް ހާލަތުގައި ވެސް އަހަރެމެން ހަދަން ޖެހޭ ގޮތް ވިސްނުމުގައި އެބަހުރި،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން މި ސީޒަނުގެ ބާކީ ބައިގައި ވެން ޑައިކް ނުލައި ކުޅުމަކީ ބޮޑު ގޮންޖެހުމަކަށްވާނެ އެވެ. އަނެއްކޮޅުން ލިވަޕޫލްގެ ޑިފެންޑަރުންގެ ގޮތުގައި މި ވަގުުތު ތިބީ ވަރަށް މަދު ކުޅުންތެރިންނެވެ. މިރޭގެ މެޗުގައި ވެސް ލިވަޕޫލް ފަހަތަށް ބޭނުންކުރާނީ ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނު ފަބީނިއޯ އެވެ.
"އަހަރެމެންގެ ވައިސް ކެޕްޓަން މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރު (ވެން ޑައިކް) ނުލައި ވަރަށް ދިގު މުއްދަތަކަށް ކުޅެން ޖެހިފައި މި އޮތީ. އަހަރެމެން އެއަށް ހައްލެއް ހޯދަން މި މަސައްކަތްކުރަނީ. އެކަމަކު އެއީ ކިހިނެއް އޮންނާނެ ކަމެއްތޯ މި ވަގުތު ބުނަން ދަތި. ޕްލޭނަކީ ދަނޑުމަތިން ފެންނާނެ އެއްޗެއް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލަށް އޮތް ހިތްހަމަޖެހުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވަޓަން މެޗު ގެއްލުނު ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ މިރޭ މެޗަށް ޓީމާ ގުޅިފައިވުމުންނެވެ.
އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ވެން ޑައިކް ނެތުމަކީ އޭނާގެ ޓީމުން މެޗު ފަސޭހަކޮށްލާނެ ސަބަބެއް ނޫން ކަމަށާއި ލިވަޕޫލްގެ ލެވަލް މިހާރު އޮތީ ހަމައެކަނި އެއް ކުޅުންތެރިއަކަށް ބަރޯސާވާ ގޮތަށް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ހާއްސަކޮށް މުޅި ސްކޮޑު އެއްކޮށް އެއް ވިސްނުމެއްގައި ކުޅޭ ލިވަޕޫލް ކަހަލަ ޓީމެއް ކައިރިން ނަތީޖާ ނެރުންވާނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.
މިއީ 1967 ވަނަ އަހަރަށް ފަހު ޔޫރަޕްގެ މުބާރާތެއްގައި އަޔަކްސް އާއި ލިވަޕޫލް ބައްދަކުރާނެ ފުރަތަމަ ފަހަރެވެ. އެ ފަހަރު ޔޫރަޕިއަން ކަޕްގެ ދެ ވަނަ ބުރުގައި އަޔަކްސް އިން ވަނީ ލިވަޕޫލް ކަޓުވާލައިފަ އެވެ. އަޔަކްސް ދަނޑުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ލިވަޕޫލަށް
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ލިވަޕޫލުން ވަކިވާން އުޅޭ ވާހަކަތަކަށް ކްލޮޕް ރައްދުދީފި
"ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް"
އިނގިރޭސި ކްލަބްތަކަށް ޔޫރަޕްގައި ފަސޭހަނުވާނެ: ކްލޮޕް