20 އޮކްޓޯބަރ 2020
ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން "ވައްކަން ކޮށްްފައިވާ" ކަމަށް ތުހުމަތުކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން މިއަދު ވައްދައިފި އެވެ.
ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން "ވައްކަން ކޮށްްފައިވާ" ކަމަށް ތުހުމަތުކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން މިއަދު ވައްދައިފި އެވެ.
އަމީން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ފެއްޓެވީ އޭނާ ވަކިކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އަމީން ވަކިިކުރުމުގެ މައްސަލަ ވެއްދީ ގިނަ އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ކަަމަށެވެ.
އަމީން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ. އެ މައްސަލައިގެ ލިއުމުގައި އޭނާއާ އެކު ސޮއިކުރެއްވީ 24 މެމްބަރެކެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަމީން މަގާމުން ވަކިކުރަން ހުށަަހެޅުއްވީ އަމީން އިތުރަށް މަގާމުގައި ހުންނެވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަަމަކަށް ނުވާތީ ކަމަށެވެ.
1- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
2- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް.
3- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު.
4- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ.
5- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް.
6- ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން.
7- ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް.
8- މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން.
9- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު.
10- މާފަނުން މެދު ދާއިރާގެ މެމްްބަރު އިބްރާހީމް ރަޝީދު.
11- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްާހީމް ނާޒިލް.
12- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު.
13- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު.
14- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް.
15- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް.
16- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު.
17- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ.
18- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.
19- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ.
20- އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު.
21- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު.
22- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން.
23- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު.
24- ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު.
އަމީންގެ ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި މިވަނީ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް އޮތް ކަމަށް ތުހުމަތުކޮށްް އެނާއާއި ހެލްތު މިނިސްޓްރީގެ އެެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވައިލީ ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެފަ އެވެ.
އެކަމަކު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިިން ނަމަކަށް ކިޔާ ކުންފުންޏާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރީ އެކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް އޮޑިޓް ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. އެކުންފުންޏަަށް އެޑްވާންސަށް ފައިސާ ވެސް ދީފައި ވާއިރު ގިނަ ވެންޓިލޭޓަރުތައް އަދިވެސް ނުގެނެ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
ނަޝީދުގެ ގަރާރު މާދަމާ އަށް ވެސް އެޖެންޑާކޮށްފި