20 އޮކްޓޯބަރ 2020
ރާއްޖޭގައި އިންޓަނެޓު އަގުހެޔޮކުރުމަށްޓަކައި ގާއިމްކުރަން ޖެހޭ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކުރުން ލަސްވާތީ ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވައިލައިފި އެވެ.
ރާއްޖޭގައި އިންޓަނެޓު އަގުހެޔޮކުރުމަށްޓަކައި ގާއިމްކުރަން ޖެހޭ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކުރުން ލަސްވާތީ ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވައިލައިފި އެވެ.
އައިލެންޑް އޭވިއޭޝަނާ ބެހޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ން އެކުލަވައިލި ރިޕޯޓްގެ ބަހުސްގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތަކުގެ ވާހަކަ މަޖިލީހުގައި ދައްކަނީ ކަންތައްތައް ރަނގަޅު ކުރަން ކަމަށެވެ. ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާ ކަަމަށާއި އެ ގަރާރުގައިވާ ކަންތައްތައް އެ މިނިސްޓްރީން ކޮށްފަައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހިމެނޭ ޓެކްނިކަލް ރިޕޯޓެއް ހުށަހަޅަން ވެސް އެ ގަރާރުގައި މިނިސްޓްރީ އަށް ރިކޮމެންޑް ކޮށްފައިވެ އެވެ.
"މި އިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެމްބަރުން ވޯޓުދީފައި ކޮމިއުނިކޭޝަން މިނިސްޓަރަށް [މުހައްމަދު މަލީހު ޖަމާލަށް] މިއޮތީ އަންގާފައި ވަކި ކަމެއް ކުރަން. ކަމާ ބެހޭ މައުލޫމާތު ދޭން. ދިވެހިރާއްޖޭގައި އިންޓަނެޓް އަގުބޮޑުވާ ވާހަކަ އެބަ ދައްކާ. މިއީ ގައުމީ އިންފްރާސްޓްރަކްޗާ ވިއުގައއް ގުޅުވައިލަން،" ބޮންޑޭ ވިދާޅުވި އެވެ.
"އާ ސަބްމެރިން ކޭބަލެއް ގުޅުވަން، ދިވެހިރާއްޖޭގައި މިހާރު އިންޓަނެޓްގެ ހިދުމަތް އަގުބޮޑުވާތީވެ މި މަސައްކަތް ކުރަން، [ހޯދަން ޖެހޭ މައުލޫމާތު]،"
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ބޮންޑޭ ވިދާޅުވީ ޕޭމަންޓް ގޭޓްވޭއެއް ގާއިމް ކުރާ ވާހަކަ މިއަދު ދެއްކި އިރު އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން ބޭނުންވާ މައުލޫމާތު ފޮނުވަން ބުނީމާ އޮތީ ނުފޮނުވާ ކަމަށެވެ.
"އިސްތިއުފާ ދެއްވުން މާރަނގަޅުވާނެ ނޫންތޯ؟ އަޅުގަނޑު ގޮވައިލަން އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުން މައުލޫމާތެއް ހޯދަން އެދެނީ ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން، ރައްްޔިތުންގެ ފަރާތުން ކަަމަަށާއި އެކަންތައްތައް ނުކޮށް ވަޒީރުކަމުގައި ހުންނެވުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. މަލީހު ވަގުތުން އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގެންނެވުމަށް ވެސް ބޮންޑޭ ގޮވައިލެއްވި އެވެ.
ސަރުކާރުން މިދިޔަ އަހަރު އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރާއި 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.
އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހު ވަނީ ކުރިން ވިދާޅުވެފަ އެވެ.
މަލީހުގެ ރައްދު: އިސްތިއުފާ ދޭން ޖެހެނީ ބޮންޑޭ
ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި
"ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅުދިޔަ ހިއްކާ ތަނެއް"
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
މަލީހު ބައިވެރިވި ކޮމެޓީގައި ވެސް އިންޓަނެޓްގެ ހުރަސް!
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
އަސްލަމަށް ހައްޖުގެ ވީއައިޕީ ހަމަނުޖެހި މަގުމަތިވި
ލިޔުންތައް ނައްތާލާތީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!