Roadha Mihaaru
ސަންޖޭ ދެން ނިންމާނީ "ކޭޖީއެފް: ޗެޕްޓާ 2"

ސަންޖޭ ދަތު "ކޭޖީއެފް: ޗެޕްޓާ 2" ނިންމަން އަމާޒު ހިފައިފި

18 އޮކްޓޯބަރ 2020

ފުއްޕާމޭގެ ކެންސަރަށް މިހާރު ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ޝޫޓިން ފަށާފައި އޮތް ފިލްމުތަކުގެ ތެރެއިން މަސައްކަތް ނުނިމި އޮތް ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ނިންމަން އަމާޒު ހިފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުއްޕާމޭގެ ކެންސަރަށް މިހާރު ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ޝޫޓިން ފަށާފައި އޮތް ފިލްމުތަކުގެ ތެރެއިން މަސައްކަތް ނުނިމި އޮތް ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ނިންމަން އަމާޒު ހިފައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސަންޖޭ އަށް ކެންސަރު ޖެހިފައިވާކަން އެނގި ފަރުވާ ހޯދަން ފެށި އިރު، އެ ފިލްމުގެ ޝޫޓިންގެ ތެރެއިން މަދު މަންޒަރުތަކެއް ނުނެގި އޮތެވެ. އެހެންވެ ފިލްމުގެ ޓީމުން ވަނީ ސަންޖޭ އަށް ވަގުތު ދެވެންދެން ފިލްމުގެ މަސައްކަތް މެދުކަނޑާލައިފަ އެވެ. ނަމަވެސް 61 އަހަރުގެ އެކްޓަރު މިހާރު ހުރީ އަލުން ޝޫޓިން އަށް ތައްޔާރުވެފަ އެވެ. އޭނާގެ ހެއާސްޓައިލަށް ވެސް ގެނައި ބަދަލު ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ސަންޖޭގެ ހެއާސްޓައިލް ހަދައި ދިނީ މަޝްހޫރު ސެލެބްރިޓީ ހެއާ ސްޓައިލިސްޓް އާލިމް ހާކިމެވެ. ސަންޖޭގެ ސްޓައިލްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއީ އާލިމްގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

View this post on Instagram

Gearing up for #Adheera!⚔️ #KGFChapter2

A post shared by Sanjay Dutt (@duttsanjay) on

"ކޭޖީއެފް: ޗެޕްޓާ 2" ގައި ސަންޖޭ ފެންނާނީ އަދީރާ ކިޔާ ވިލަންއެއްގެ ރޯލުންނެވެ. އަދި އޭނާ ފިލްމުން ފެންނަ ގޮތް ވެސް ވަރަށް ތަފާތު ވާނެ އެވެ. ސަންޖޭ ބަލިވުމުގެ ކުރިން ފިލްމުގެ ޓީމުން އޭނާގެ ލުކްގެ ޕޯސްޓަރެއް ވެސް ދައްކާލާފައިވެ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކްއެލް އެވެ. މި ފިލްމުގެ ލީފް އެކްޓަރަކީ ޔާޝް އެވެ. ހިންދީ، މަލަޔާޅަމް، ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ބަހުން ގެނެސްދޭ ޕީރިއަޑް އެކްޝަން ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިން ރަވީނާ ޓަންޑަން ވެސް ފެނިގެންދާނެ އެވެ. އޭނާ ކުޅެފައި ވަނީ ރާމިކާ ސެން ކިޔާ އިންޑިއާގެ ބޮޑުވަޒީރެއްގެ ރޯލެވެ.

ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ "ކޭޖީއެފް: ޗެޕްޓާ 2" މި މަހުގެ 23 ގައި ގެނެސްދޭން ތާވަލުކުރި ނަމަވެސް މަސައްކަތްތައް ދިގުލައިގެން ދިއުމުން އާ ތާރީހެއް ފަހުން އިއުލާންކުރާނެ އެވެ.

މީގެ މަސައްކަތް ނިންމައިލުމަށް ފަހު ސަންޖޭ ދެން ޝޫޓިން ފަށާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަކްޝޭ ކުމާރު ޓައިޓްލް ރޯލް ކުޅޭ "ޕްރިތުވީރާޖް" ގެ އެވެ. އޭގެ ޝޫޓިން ވެސް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފަޑާށަފައިވާ އިރު ސަންޖޭ ކްރޫއާ ގުޅޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 10 ގަ އެވެ. ސަންޖޭ ވަނީ ކެންސަރަށް ފަރުވާ ހޯދަމުން ވައިއާރްއެފްގެ "ޝަމްޝޭރާ" ގެ ޝޫޓްނުކުރެވި ހުރި މަންރުތައް ވެސް މިދިޔަ މަހު ނަގައި ނިންމައިފަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ރަންބީރް ކަޕޫރާއި ވާނީ ކަޕޫރާ އެކީގަ އެވެ.

ސަންޖޭގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓް މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ހަމަ އެ ޕްލެޓްފޯމުން ޕްރިމިއާކުރާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.

ރިޕޯޓްތައް ބުނާގޮތުން މަސައްކަތް ފަށާފައި ހުރި ފިލްމުތަކުން އަތްދޫކޮށްލެވުމުން ސަންޖޭ ކެންސަރުގެ އިތުރު ފަރުވާ އަށް އަންނަ ޑިސެމްބަރު މަހު އެމެރިކާ އަށް ފުރާނެ އެވެ.