15 ޖުލައި 2021
މިހާތަނަށް އަދި ފިލްމެއްގައި އެކީގައި ބޮޑެތި ރޯލުތަކެއް ކުޅެފައި ނުވާ ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާނާއި ސަންޖޭ ދަތު އެކީގައި ބޮޑު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާތަނަށް އަދި ފިލްމެއްގައި އެކީގައި ބޮޑެތި ރޯލުތަކެއް ކުޅެފައި ނުވާ ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާނާއި ސަންޖޭ ދަތު އެކީގައި ބޮޑު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ "ރާކީ" ގެ ނަމުގައި ވަޔަކޮމް 18 އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި އިންޑިއާގައި ވާހަކަ ދައްކައި އުޅޭ ހުރިހާ ބަހަކުން ގެނެސްދޭން ނިންމާފައިވާ ފިލްމު ވަރަށް އަވަހަޑް ރަސްމީކޮށް އިއުލާންކުރާނެ އެވެ.
ޝާހްރުކް، 55، އާއި ސަންޖޭ، 61، އެކީގައި މިހާތަނަށް މަސައްކަތްކޮށްފައި ނުވިޔަސް، ޝާހްރުކްގެ ދެ ފިލްމެއްގެ ހާއްސަ ފެނިލުންތަކެއްގައި ސަންޖޭ ހިއްސާވެފައިވެ އެވެ. އެއީ 2007 ގެ ފިލްމު "އޯމް ޝާންތީ އޯމް" އާއި 2011 ގެ "ރާ.ވަން" ގަ އެވެ.
ހާއްސަ އަނެއް ކަމަކީ ސަންޖޭގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކެރެކްޓާ ކަމަށްވާ މުންނާ ބާއީގެ ރޯލު ކުޅުނު ފިލްމު ސީރީޒް "މުންނާ ބާއީ އެމްބީބީއެސް" އަކީ ޝާހްރުކަށް ހުށަހެޅުމުން އޭނާ ގަބޫލުނުކޮށް ދޫކޮށްލުމުން ސަންޖޭ އަށް ލިބުނު ފުރުސަތެއްކަމެވެ. ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އޭގެ ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ 2003 ގެ "މުންނާބާއީ އެމްބީބީއެސް" އާއި 2006 ގެ "ލަގޭ ރަހޯ މުންނާ ބާއީ" އެވެ.
މީގެ ތިން ވަނަ ބައެއް ވެސް ގެނެސްދޭން ނިންމާފައިވާ އިރު، ހިރާނީގެ ކުރިއަށް އޮތް ފިލްމަކީ ޝާހްރުކާ އެކު ހަދާ ސޯޝަލް ކޮމެޑީއެކެވެ. މިއީ އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ޝާހްރުކް މިހާރު އަންނަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެކްޝަން ތުރިލާ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ.
ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ އަޖޭ ދޭވްގަންގެ ވަތަނީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
12 އަހަރު ފަހުން ސަންޖޭ އާއި ސުނިލް އެކީގައި
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ދީޕަކް ތިޖޯރީގެ ދަރިފުޅު ވެސް ބޮލީވުޑަށް
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ