13 އޮކްޓޯބަރ 2020
ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ހޯދުމުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން އަނެއްކާވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ހޯދުމުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން އަނެއްކާވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރަން ނިންމައިފި އެވެ.
އަމީންގެ މައްސަލަ މިހާރު ބަލަނީ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީންނެވެ. މިއަދަށް ތާވަލްކުރި އެ ކޮމިޓީ ވަނީ ފަސްކޮށްފަ އެވެ.
މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި ކަަމަށް އޮޑިޓުގައި ހުރި މައްސަލަތަކުގައި ޖަވާބުދާރީކުރަން މިނިސްޓަރު ފުރަތަމަ ހާޒިރުކުރީ މާލިއްޔަތު ކޮމިޓީއަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ގާނޫނީ އިމުގެ ތެރެއިން އޮތް އެންމެ ކުރު މަގުން އަމަލުކުރެއްވުމުގައި ގޯހެއް ހައްދަވާފައި ނޯންނާނެ ކަމަށް އަމީން އެ ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ. މައްސަލަ ބޮޑުވީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ. އެއީ، ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވާ ވާހަކަ އޮޑިޓުގައި އޮތީ ދޮގުކޮށްފަ އެވެ. އެކަމަކު މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް އަރްވިންދާ އެކު ކުރެއްވި މަޝްވަރާގެ ތެރެއިން ހަމަޖެހިގެން ކަމަށެވެ.
ކޮރަޕްޝަން ފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް ޖާގަ ދެއްވަން އަމީން ވަނީ މީގެ ދެ މަސްކުރިން މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ.
އޭސީސީ އާއި ފުލުހުންގެ ތަހުގީގު ނިމުނު ކަމަކަށް އެ ދެތަނުން އާއްމެއް ނުކުރެ އެވެ.
ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ނުދޭއިރު، އެއްބަސްވި 34 މިލިއަން ރުފިޔާގެ ތެރެއިން ނުދީ ހުރި 10 ޕަސެންޓް ފައިސާ އަށް އެ ކުންފުނިން އޮތީ އެދިފަ އެވެ. އެޑްވާންސްގެ ގޮތުގައި، މި ކުންފުންޏަށް ވަނީ އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ ކަމެއް ނަމަވެސް އެކަން ކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށް ހެލްތު ބުނެ އެވެ. މި ތުހުމަތު ފިނޭންސުން ދޮގު ކުރެ އެވެ.
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ޑަބްލިއުއެޗްއޯގެ މުއާމަލާތުގެ ލިޔުން އެބަހުރި: އަމީން
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ކޮރަޕްޝަން ހުއްޓުވަން ގޮވާލައި ކުއްލި މައްސަަލައެއް
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީރު މަޖިލިހަށް!
އެއްބަސްވުން އޮތީ އެގްޒެކިއުޓާސްއަށް ފައިދާވާ ގޮތަށް