ފްލޮރިޑާ (އޮކްޓޫބަރު 12) – މަޔާމީ ހީޓް 106-93 ޕޮއިންޓުން ބަލިކޮށް ލޮސް އެންޖެލްސް ލޭކާސް އިން އެންބީއޭ ޗެމްޕިއަންޝިޕް 10 އަހަރަށް ފަހު ކާމިޔާބުކޮށްފި އެވެ.
ފްލޮރިޑާ (އޮކްޓޫބަރު 12) – މަޔާމީ ހީޓް 106-93 ޕޮއިންޓުން ބަލިކޮށް ލޮސް އެންޖެލްސް ލޭކާސް އިން އެންބީއޭ ޗެމްޕިއަންޝިޕް 10 އަހަރަށް ފަހު ކާމިޔާބުކޮށްފި އެވެ.
ވެސްޓަން ކޮންފަރެންސްގެ ޗެމްޕިއަން ލޭކާސް އާއި އީސްޓަން ކޮންފަރެންސްގެ ޗެމްޕިއަން ހީޓުގެ މެދުގައި ބެސްޓް އޮފް ސެވަން އަށް ކުޅުނު ސީރީސް ލޭކާސް ކާމިޔާބުކުރީ 4-2 މެޗުން މޮޅުވެގެންނެވެ.
މި ކާމިޔާބާ ލޭކާސް މި ވަނީ މުބާރާތް 17 ފަހަރު ކާމިޔާބުކޮށް އެންމެ ބޮސްޓަން ސެލްޓިކުން ހަދާފައިވާ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑާ ހަމަކޮށްފަ އެވެ. ލޭކާސް އެންމެ ފަހުން ތަށި ހޯދީ 2010 ވަނަ އަހަރެވެ.
ލޭކާސްގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވީ ޗެމްޕިއަންޝިޕުގެ މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ) އެވޯޑް ހާސިލްކުރި ލެބްރޮން ޖޭމްސް އެވެ. އޭނާ ވަނީ މި މެޗުގައި 28 ޕޮއިންޓާއި 14 ރީބައުންޑް އަޅައި، 10 އެސިސްޓް ހަދައި ޓްރިޕަލް ޑަބަލްއެއް ހާސިލްކޮށްފަ އެވެ.
މިއީ އެންބީއޭގެ އެމްވީޕީ އެވޯޑް ލެބްރޮން ހޯދި ހަތަރު ވަނަ ފަހަރެވެ. އޭނާ ވަނީ ހީޓާ އެކު 2012، 2013 އަދި ކްލީވްލެންޑް ކެވެލިއާސްއާ އެކު 2016 ގައި އެވޯޑް ހޯދައިފަ އެވެ. އޭނާ އަކީ މި އެވޯޑް ދެ ވަނަ އަށް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ. އެންމެ ގިނައިން ކާމިޔާބުކުރީ ޝިކާގޯ ބުލްސްއާ އެކު ހަ ފަހަރު ހޯދި މައިކަލް ޖޯޑަން އެވެ.
މިއީ ތިން ޓީމަކާ އެކު އެމްވީޕީ ހޯދި ފުރަތަމަ ކުޅުންތެރިޔާ މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 2012، 2013 ގައި ހީޓާ އެކު އަދި ކްލީވްލެންޑް ކެވެލިއާސްއާ އެކު ކާމިޔާބުކުރި އެވެ.
"މި ޓީމު ތަމްސީލްކުރެވުމަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއް. އަހަރެން މި ޓީމާ ގުޅުނުއިރު (ލޭކާސްގެ ރައީސް) ޖީނީ ގާތު ބުނިން މި ޓީމު ނިސްބަތްވާ މަގާމަށް މި ޓީމު ގެންގޮސްދޭނަމެ. މި ފަދަ ތާރީހީ ޓީމެއްގައި ބައިވެރިވުމަކީ އަހަންނަށް ގަބޫލުކުރަންދަތި އިހުސާސެއް ކުރެވޭ ކަމެއް،" ލެބްރޮން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން މާޗު 11 ގައި މެދުކަނޑާލުމަށް ފަހު އެންބީއޭ ފައިނަލްސް އަލުން ފެށީ ޖުލައި 31 ގަ އެވެ. ފްލޮރިޑާގައި ހުންނަ ވޯލްޓް ޑިޒްނީ ވޯލްޑުގައި މެޗުތައް ބޭއްވީ ސަޕޯޓަރުން ނުވައްދަ އެވެ
އެމެރިކާގެ ލޭކާސް 10 ބިލިއަން ޑޮލަރަށް ވިއްކާލަނީ
ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ
ރާއްޖެއާ އެކު 3 އޮން 3 އޭޝިއާ ކަޕް ފަށައިފި
"ދިރާގު 3X3 ޗެލެންޖު" ފޯރިއާ އެކު ނިންމާލައިފި
އެމްބީއޭގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީ އަށް
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހާފްކޯޓް ވޯލްޑް ފައިނަލްސްއަށް އަންރޭންކްޑް ނިއުޔޯކުގައި
އާއިލީ ކުޅިވަރު މިހާރު ދިރުވަނީ ޒައިދާން
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ