Roadha Mihaaru
ހިލަރީގެ ކޭމްޕުން އެފްބީއައި އަށް ބަހުގެ ހަމަލާދީފި

ހިލަރީގެ ކޭމްޕުން އެފްބީއައި އަށް ބަހުގެ ހަމަލާދީފި

30 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 30) - ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ޚާރިޖީ ވަޒީރުކަން ކުރެއްވި ދުވަސްވަރު އަމިއްލަ އީމެއިލް ބޭނުންކުރި އާ މައްސަލައެއް އެފްބީއައި އިން ބަލަން ފެށުމުން އެކަމަނާގެ ކެމްޕޭން ޓީމުން ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 30) - ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ޚާރިޖީ ވަޒީރުކަން ކުރެއްވި ދުވަސްވަރު އަމިއްލަ އީމެއިލް ބޭނުންކުރި އާ މައްސަލައެއް އެފްބީއައި އިން ބަލަން ފެށުމުން އެކަމަނާގެ ކެމްޕޭން ޓީމުން ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފި އެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ބަލަމުންދާކަން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ ކޮންގްރެސް އަށް ސިޓީއަކުން އެންގި އިރު ވޯޓުލާން ވަނީ ދިހަ ވަރަކަށް ދުވަހަށްވެފަ އެވެ. ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ހިލަރީ ވިދާޅުވެފައި ވަނީ އެފްބީއައި އިން ކަންކުރަން އުޅޭ ގޮތުން އުނދަގޫވާ ކަމަށެވެ. އަދި އެފްބީއައި އިން ކުރާ ތަހުގީގުގެ ފުރިހަމަ މައުލޫމާތު ވޯޓުލާ މީހުންނަށް އެނގެން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ކޯމޭ ވިދާޅުވީ މައްސަލަ ބަލަމުންދާކަން އާއްމު ނުކުރުމަކީ އާއްމުންނަށް ކަމުގެ ހަގީގަތް އޮޅިދާނެ ކަމެއް ކަމަށެވެ. އަދި ހިލަރީގެ އާ މައްސަލައެއް ބަލަމުންދާކަން ކޮންގްރެސް އަށް އެންގީ އެފްބީއައިގެ ތަހުގީގު ނިންމާ ހިލަރީ އަށް ދައުވާ ކުރަން ޖެހޭނެވަރުގެ ކަމެއް ނެތް ކަމަށް އޭނާ ނިންމާފައިވާތީ ކަމަށެވެ.

އެކަމަކު އެކަމަނާގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕް ވަނީ އެފްބީއައި އަށް ތައުރީފް ކުރައްވައިފަ އެވެ. އަދި މިއީ 1970ގެ އަހަރުތަކުގައި ކުރިމަތިވި ވޯޓާގޭޓް މައްސަލަ އަށް ފަހު ދިމާވި އެންމެ ބޮޑު ސިޔާސީ ކަންތައްގަނޑު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އެފްބީއައި އަށް ތައުރީފް ކުރައްވާފައި. --ފޮޓޯ:އޭޕީ

ޑޮނަލްޑް ޓްރަމްޕް ވަނީ އެފްބީއައި އަށް ތައުރީފް ކުރައްވާފައި. --ފޮޓޯ:އޭޕީ

"ހިލަރީ އަމިއްލަ ސާވާއެއް ބޭނުންކުރީ އެކަމަނާ ހިންގަމުންދިޔަ ގަވާއިދާޚިލާފު ކަންކަން ވަންހަނާ ކުރުމަށް،" ކޮލަރާޑޯގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ހިލަރީގެ އާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެފްބީއައި އިން ބުނި އިރު އެ އެޖެންސީން ވަނީ 2009-2013 އަށް ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ބޭނުންކުރި މައްސަލަ ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވޭވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ. އަދި ރިޔާސީ ކެމްޕޭނުގައި ޑިޕިއުޓީ ޗެއާޕާސަން ވެސް މެ އެވެ.

ހިލަރީގެ ކެމްޕޭނުގެ މީޑިއާ އެޑްވައިޒަރު ޖޭމްސް ރޫބިން ވިދާޅުވީ މި "ތޫފާނުން" ސަލާމަތްވުމުން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށާއި އެފްބީއައި އިން ކޮންގްރެސް އަށް އެ ސިޓީ ފޮނުވީ އިންތިޚާބަށް ފަހު ރިޕަބްލިކަން ޕާޓީގެ ފާޑު ކިޔުންތަކުން ސަލާމަތްވުމަށް ކަމަށެވެ. ހިލަރީގެ ކެމްޕޭން ޗެއާމަން ޖޯން ޕޮޑެސްޓާ ވަނީ އެފްބީއައި އިން ސިޓީ ފޮނުވި ދަނޑިވަޅާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.