Roadha Mihaaru
ތާޒާ ފެން އޯޑަރު ކުރަން މިހާރު 1619

ތާޒާ ފެން އޯޑަރު ކުރަން މިހާރު 1619

05 އޮކްޓޯބަރ 2020

ތާޒާ ފެން އޯޑަރު ކުރުމަށް ޝޯޓު ހޮޓްލައިން ނަންބަރު 1619 އައިލެންޑް ބެވެރެޖެސް މޯލްޑިވްސް (އައިބީއެމް) އިން މިއަދު ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތާޒާ ފެން އޯޑަރު ކުރުމަށް ޝޯޓު ހޮޓްލައިން ނަންބަރު 1619 އައިލެންޑް ބެވެރެޖެސް މޯލްޑިވްސް (އައިބީއެމް) އިން މިއަދު ތައާރަފު ކޮށްފި އެވެ.

އައިބީއެމް އިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ނަންބަރު ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އޭނާގެ އިތުރުން އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައިބީއެމުން ބުނީ މިއީ ކަސްޓަމަރުންނަށް ތާޒާ ފެން އޯޑަރު ކުރުމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ތައާރަފު ކުރި ނަންބަރެއް ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަންވަރު ވިދާޅުވީ އައިބީއެމުން އަބަދަުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ. މީގެ އިތުރުން ތާޒާ ފެނަކީ ބާޒާރަށް ނެރުމުގެ ކުރިން ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ފެނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ލޯންޗު ކުރެވުނު 1619 ޝޯޓު ކޯޑާއެކު ތާޒާ ފެން އޯޑަރު ކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. މީގެ އިތުރުން ވެސް ކޮވިޑް-19އާ ގުޅިގެން އަޅުގަނޑުމެން ވާނީ ރައްޔިތުންނަށް ފަސޭހައިން ފެން ހޯދޭނެ ގޮތްތައް ހަމަޖައްސައިފައި،" އަންވަރު ވިދާޅުވި އެވެ.