Roadha Mihaaru
އެންމެ ބޮޑު ފެންއަރުވާވަޑާން އަނެއްކާވެސް ދުބާއީ އަށް

އެންމެ ބޮޑު ފެންއަރުވާވަޑާމުގެ އަމިއްލަ ރެކޯޑް ދުބާއީން މުގުރާލަނީ

05 އޮކްޓޯބަރ 2020

މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ހުރި ދުބާއީގައި އޭގެ އެއަށް ވުރެ ބޮޑު ތަނެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ހުރި ދުބާއީގައި އޭގެ އެއަށް ވުރެ ބޮޑު ތަނެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 22 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ފެންއަރުވާވަޑާން ހަދާފައި ވަނީ ދުބާއީގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއް ތަން ކަމަށްވާ ޕާމް ޖުމެއިރާގެ ޕޮއިންޓީގަ އެވެ. "ޕާމް ފައުންޓެއިން" ގެ ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ފައްވާރު ހުޅުވަން ބާއްވާ ރަސްމިއްޔާތު ކުރިއަށް ގެންދަން ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އެ ދުވަހު އެއްކޮށް ހިލޭ އެ ތަނުގައި ބާއްވާ އެކި ހަރަކާތްތަކުގައި ވެސް އާންމުންނަށް ބައިވެރިވެވޭނެ އެވެ.

ފެންއަރުވާވަޑާން ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވާން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 5،000 މީހުންނަށް ހިލޭ ލެޑް ރިސްޓްބޭންޑް ވެސް ލިބޭނެ އެވެ.

"ޕާމް ފައުންޓެއިން" އަކީ މޫދުގެ 14،000 އަކަފޫޓްގެ ސަރަހައްދެއްގައި 105 މީޓަރު އުސްކޮށް ފެން އަރާ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި ފެންއަރުވާ އިރު އެކު ކުލަތަކުން ދިއްލޭ 3،000 ލެޑް ލައިޓް ބޭނުންކޮށްފައި ހުންނާނެ އެވެ.

މި ވަގުތު ދުނިޔޭގެ ބޮޑު ފެންއަރުވާވަޑާމުގެ ރެކޯޑް އޮތީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުލް ޚަލީފާ ކައިރީގައި ބިނާކޮށްފައިވާ "ދުބާއީ ފައުންޓެއިން" އަށެވެ. އެތަނަކީ 50 ބުރީ (902 ފޫޓް) ގެ އިމާރާތެއްގެ އުސްމިނަށް ފެން އަރައިގެންދާ ގޮތަށް އަދި 500 ފޫޓްގެ ސަރަހައްދަކަށް ފެން ބުރައިގެންދާ ގޮތަށް ހަދާފައިވާ ތަނެކެވެ.