Roadha Mihaaru
ތައިލެންޑާ ހަމައަށް ވިޔަސް ޑޭޝް8 ގައި ގެންދާނެ:ރައީސް

ތައިލެންޑާ ހަމައަށް ވިޔަސް އެއާ އެމްބިއުލާންސްގައި ބަލިމީހުން ގެންދާނެ: ރައީސް

14 ޖެނުއަރީ 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗު 1 ގައި ފެށުމުން، ބޭސްފަރުވާ އަށް ބަލި މީހަކު ކުއްލި ހާލަތުގައި ތައިލެންޑަށް ގެންދަން ވިޔަސް ޑޭޝް 8 މަތިންދާބޯޓުގައި ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗު 1 ގައި ފެށުމުން، ބޭސްފަރުވާ އަށް ބަލި މީހަކު ކުއްލި ހާލަތުގައި ތައިލެންޑަށް ގެންދަން ވިޔަސް ޑޭޝް 8 މަތިންދާބޯޓުގައި ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެހެންވީމ،ާ އެ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއާ އެމްބިއުލެންސްގެ ހިދުމަތް ވެސް ތަރައްގީ ވަމުން އެ އަންނަނީ،" ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުރުފުޅަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަނީ އައިލެންޑް އޭވިއޭޝަންގައި މިހާރު ބޭނުންކުރާ ޑޭޝް 8 އެމްބިއުލާންސަކަށް ބދަލުކޮށްގެންނެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ އިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން ނޫނީ އެންމެ ދެކުނުން މާލެ އަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެ އިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސ،ް އެ ޑޭޝް 8 ގައި ދާނެ. އެއާ އެމްބިއުލެންސްގައި ދާނީ އެހެންވީމ،ާ" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފުރަތަމަ ދެ ފްލައިޓުން ފެށިޔަސް ފަހުން އިތުރު ކުރާނެ ކަމަށެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުނ،ް މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނ،ީ މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅ،ު ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށ،ް އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދަ އިން ކަވަރު ވެގެން.--- ރައީސް

ރައީސް އިއްޔެ ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރާ ނިޒާމު އާސަންދަގެ ހިދުމަތް ވެސް ޔޫއޭއީ އާއި ތައިލެންޑަށް ފުޅާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އާސަންދައިގެ ހިދުމަތް ފުޅާކުރަނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ގައުމެއްގައި ހުރުމުގެ ހަރަދު ވެސް ހިމަނައިގެންނެވެ.

"އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުނ،ް މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނ،ީ މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅ،ު ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށ،ް އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެނ،ް އާސަންދަ އިން ކަވަރު ވެގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް މި ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު އިއްޔެ ވިދާޅުވީ، ރާއްޖޭގެ 9 ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ދިވެހިންނަށް އަމިއްލަ އަށް ސަވައިލަންސްގެ ނިޒާމުން ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މާލަސްތަކެއް ނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަހައްދު ބެލެހެއްޓޭ ގޮތަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.