03 އޮކްޓޯބަރ 2020
ނިޔޯން، ސްވިޒަލެންޑް (އޮކްޓޫބަރު 3) - ޔުއެފާ އިން އިންތިޒާމްކުރާ މެޗުތަކަށް ކުރިއަށް އޮތްތަނުގައި 30 ޕަސެންޓް ސަޕޯޓަރުން ދަނޑަށް ވަންނަ ގޮތަށް ކަނޑައަޅާފައިވާ ޕްރޮޕޯސަލަށް ޔޫރަޕްގެ ގައުމުތަކުގެ ރުހުން އެބައޮތް ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ނިޔޯން، ސްވިޒަލެންޑް (އޮކްޓޫބަރު 3) - ޔުއެފާ އިން އިންތިޒާމްކުރާ މެޗުތަކަށް ކުރިއަށް އޮތްތަނުގައި 30 ޕަސެންޓް ސަޕޯޓަރުން ދަނޑަށް ވަންނަ ގޮތަށް ކަނޑައަޅާފައިވާ ޕްރޮޕޯސަލަށް ޔޫރަޕްގެ ގައުމުތަކުގެ ރުހުން އެބައޮތް ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ކޮވިޑް-19ގެ ސަބަބުން އެކި ގައުމުތަކުގެ ސިއްހީ މާހިރުން ލަފާދީފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗުތައް ކުޅޭށެވެ. ޔުއެފާގެ ރިޕޯޓްތައް ދައްކާގޮތުން މިހާރު ވެސް ޔޫރަޕްގެ 27 ގައުމަކުން މެޗުތައް ކުޅެނީ ކޮންމެވެސް ވަރަކަށް ދަނޑަށް ސަޕޯޓަރުން ވައްދައިގެންނެވެ. އެކަމަކު އަދިވެސް ބައެއް ގައުމުތަކުގައި ދަނޑަށް ސަޕޯޓަރުން ވައްދައިގެން މެޗުތައް ބާއްވަން ސަރުކާރުގެ ރުހުމެއް ނުލިބެ އެވެ.
"ތެދެއް ބައެއް ގައުމުތަކުގައި އުނދަގޫތަކެއް އެބަހުރި. އެކަމަކު ޔަގީނުން ވެސް މިކަން ފަށައިގަންނާނީ ހުރިހާ ގައުމެއްގައި ވެސް ކުރެވޭގޮތަށް. ގައުމުތަކުގެ ރުހުން މިކަމަށް އެބައޮތް،" ޔުއެފާގެ އޮފިޝަލަކު އޭއެފްޕީ އަށް ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ފަޅަށް އޮތް ދަނޑުތަކެއްގައި މެޗުތައް ކުޅުމަށް ފަހު ޔުއެފާ އިން ފުރަތަމަ ފަހަރަށް ސަޕޯޓަރުން ވައްދަން ހުއްދަދިން މެޗަކީ މިދިޔަ ހަފްތާގައި ޔުއެފާ ސުޕަ ކަޕްގައި ބަޔާން މިއުނިކާއި ސެވިއްޔާ ކުޅޭ މެޗަށެވެ. އެ މެޗު ބަލަން ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ސްޓޭޑިއަމަށް 15،500 މީހުން ވަނެވެ.
ސުޕަ ކަޕް މެޗު ބަލަން ވަދެ ތިބި ބައެއް ސަޕޯޓަރުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސުޕަ ކަޕް މެޗުގެ ޕްރޮޖެކްޓްގެ ކާމިޔާބީއާ އެކު ޔުއެފާ އިން ނިންމާފައިވަނީ ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތަކަށް 30 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން ކުޅޭށެވެ. އެއީ ހޯމް ސަޕޯޓަރުން އެކަންޏެވެ.
"މިއީ ވަރަށް މުހިއްމު ނިންމުމެއް. މިއީ ސިއްހީ ރައްކާތެރިކަމާ އެކު ސަޕޯޓަރުން ދަނޑަށް ވަނުމުގެ ފެށުން. މިކަން މި ހާސިލްކުރެވުނީ ގިނަ ކަންކަމަށް ބެލުމަށް ފަހު ވަރަށް ގިނަ ދިމަދިމާލުން ފެހި ސިގްނަލް ލިބިގެން،" ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވި އެވެ.
ސްލޮވީނިއާ އަށް އުފަން ކެފެރިން ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް މުޅި ޔުއެފާ އޮތީ އެއް ޓީމެއްގެ ގޮތުގައި ކަމަށާއި މި މަސައްކަތުގައި ޔުއެފާގެ މެމްބަރު ހުރިހާ ގައުމަކުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.
ސަޕޯޓަރުން ވަންދަން ފަށާ މި އާ އުސޫލަށް އަމަލުކުރާނީ އަންނަ ހަފްތާގައި ފަށާ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުންނެވެ. ޗެމްޕިއަންސް ލީގު ފަށާނީ މިމަހު 20 ވަނަ ދުވަހު އެވެ.
ޔޫއެފާގެ ރައީސް ކެފެރިން އިތުރު ދައުރަކަށް ވާދަނުކުރާނެ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
އެންޓޯނިއަން ޕެނެންކާ ޖެހި ދުނިޔޭގެ އެއްވަނަ ޕެނަލްޓީ
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް
ބޮއިކޮޓަށް ގޮވިޔަސް ޔޫރޯގައި ގިނައީ ޗައިނާ ކުންފުނިތައް
އޮލިމްޕިއާކޯސްއަށް ކޮންފަރެންސް ލީގު ކާމިޔާބު
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
އިޒްރޭލް ތަފާތު، އަދަބެއް ނުދޭނަން: ޔޫއެފާ
ކޯޓުން މޮޅުވިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު