03 އޮކްޓޯބަރ 2020
އިންޑިއާގެ ލޮކްޑައުންއާ އެކު އެ ގައުމުގެ ސިނަމާތައް ބަންދުކުރިތާ ހަތް މަހެއްހާ ދުވަސް ފަހުން މި މަހުގެ 15 ގައި ސިނަމާތައް އަލުން ހުޅުވަން ނިންމައިފި އެވެ.
އިންޑިއާގެ ލޮކްޑައުންއާ އެކު އެ ގައުމުގެ ސިނަމާތައް ބަންދުކުރިތާ ހަތް މަހެއްހާ ދުވަސް ފަހުން މި މަހުގެ 15 ގައި ސިނަމާތައް އަލުން ހުޅުވަން ނިންމައިފި އެވެ.
ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުން އަށް ލުއި ދެމުން އަންނަ އިރު އަންލޮކް 5.0 ގެ ދަށުން ސިނަމާތައް މި މަހުގެ 15 ގައި ހުޅުވަން ނިންމިކަން އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީން އިއުލާންކުރީ ބުދަ ދުވަހު އެވެ.
މިނިސްޓްރީން ބުނީ ރައްކާތެރިކަމުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން އެ ގައުމުގެ ހުރިހާ ސިނަމާތަކެއް ކުރިއެކޭ އެއްގޮތަށް މި މަހުގެ 15 އިން ފެށިގެން އަލުން އޮޕަރޭޓްކުރެވޭނެ ކަމަށެވެ. ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދިން އިރު އަމަލުކުރަން ޖެހޭ އެންމެ ހާއްސަ އުސޫލުތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމަށްޓަކައި ސިނަމާތަކުގައި ޝޯތައް ދައްކާ އިރު ކެޕޭސިޓީ 50 ޕަސެންޓަށް ވުރެ އިތުރުނުކުރާއި ޝޯތަކުގެ ދެމެދުގައި ހޯލްތައް ޑިސްއިންފެކްޓްކުރުން ހިމެނެ އެވެ. އަދި ފެށޭ ހަފުތާގެ ތެރޭގައި ސިނަމާތަކުން އަމަލުކުރަން ޖެހޭނެ އެސްއޯޕީ ވެސް އާންމުކުރާނެ އެވެ.
ސިނަމާތައް ހުޅުވަން ހުއްދަ ދީފައި މި ވަނީ އެކަމަށް އެ ސިނާއަތް ތަމްސީލުކުރާ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ތަކުރާރުކޮށް ގޮވައިލަމުން ދަނިކޮށެވެ. އަދި ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދިނުމާ އެކު ފިލްމީ ދާއިރާގެ މީހުންނާއި ސިނަމާތައް ހިންގާ މީހުންނާއި މުޅި ފިލްމީ ސިނާއަތް އަންނަނީ ސަރުކާރުގެ ނިންމުމަށް މިހާރު މަރުހަބާ ކިޔަމުންނެވެ.
MAI Statement on Unlock 5.0 Notification issued by Ministry of Home Affairs. pic.twitter.com/asl6QdB7xe
— Multiplex Association Of India (@MAofIndia) September 30, 2020
މާޗް މަހުގެ 22 ގައި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު ސިނަމާތަކުގައި ފިލްމުތައް ދެއްކުން މަނާކުރީ އެ މަހުގެ 25 އިން ފެށިގެންނެވެ. އެއާ އެކު އޭގެ ފަހުން ރިލީޒްކުރަން ހުރި ގިނަ ފިލްމުތަކެއް ފަސްކުރި އެވެ. އަދި އޭގެ ތެރެއިން ބޮޑެތި ބައެއް ފިލްމުތައް ވަނީ ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ނިންމައި، ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި މާޗް 24 ގައި އަޅުވަން އުޅުނު އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި އެޕްރީލް 10 އަށް ތާވަލުކޮށްފައި އޮތް ރަންވީރު ސިންގްގެ "83" ހިމެނެ އެވެ.
Cinemas to reopen with 50% occupancy, as per guidelines for Unlock 5.0. Reopening date: 15th October.
— Komal Nahta (@KomalNahta) September 30, 2020
ރިޕޯޓްތައް ބުނާގޮތުން ސިނަމާތައް އަލުން ހުޅުވުމާ އެންމެ ފުރަތަމަ އަޅުވާނެ ކަމަށް ބެލެވޭ ހިންދީ ފިލްމަކީ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅެފައިވާ "އިންދޫ ކީ ޖަވާނީ" އެވެ. އަދި "ސޫރިޔަވަންޝީ" އާއި "83" ސިނަމާތަކަށް ގެންނާނީ އަންނަ މަހު ފާހަގަކުރާ ދިވާލީއާ ދިމާކޮށެވެ.
ލޮކްޑައުންއާ އެކު ފިލްމީ މަަސައްކަތް ހުއްޓި ސިނަމާތައް ބަންދުކުރުމުން މި އަހަރުގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފައިވާ އިރު، ގިނަ ފިލްމުތަކެއް ވަނީ ޑިޖިޓަލްކޮށް ޕްރިމިއާ ވެސް ކޮށްފަ އެވެ. އަދި މިހާރު ވެސް ގިނަ ފިލްމުތަކެއް އެކިއެކި ޕްލެޓްފޯމްތަކުން ގެނެސްދޭން ތާވަލުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އާއި ޒީ5 އާއި ޒީ ޕްލެކްސް ފަދަ ފްލެޓްފޯމްތަކުން ޕްރިމިއާކުރާނެ ފިލްމުތައް ހިމެނެ އެވެ.
އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް ގައުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެ ސިނާއަތް ހުއްޓުން ވެގެންގެން ދިޔައީ މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުމަށެވެ.
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
އިންޑިއާގެ ސިނަމާތައް ހުޅުވާނީ މޯދީގެ ފިލްމުން
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ
އިންޑިއާގެ ސިނަމާތައް އަންނަ މަހު ހުޅުވުން ފެނަށް!
"ސޫރިޔާވަންޝީ" އާއި "83" އަހަރުގެ ފަހުކޮޅަށް
މި ވަގުތަށް އޮތީ ޑިޖިޓަލްކޮށް ރިލީޒްކުރުން: މަހޭޝް
ޑިޖިޓަލްކޮށް ޕްރިމިއާކުރާ ބޮލީވުޑްގެ ފިލްމުތައް
ހައުސްފުލްވެ އަމިއްލަ ފިލްމުގެ ޓިކެޓް ވެސް ނުލިބުނު
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި
އަހާންގެ "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު