31 ޖުލައި 2020
ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ބަންދުކޮށްފައި ހުންތަނާ މިހާރު ފަސް މަހެއްހާ ދުވަސްވެފައިވާ ސިނަމާތައް އަންނަ މަހު ހުޅުވަން ސަރުކާރުން ހުއްދަ ދޭނެ ކަމަށް ކުރި އުންމީދު ފެނަށްވެއްޖެ އެވެ.
ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ބަންދުކޮށްފައި ހުންތަނާ މިހާރު ފަސް މަހެއްހާ ދުވަސްވެފައިވާ ސިނަމާތައް އަންނަ މަހު ހުޅުވަން ސަރުކާރުން ހުއްދަ ދޭނެ ކަމަށް ކުރި އުންމީދު ފެނަށްވެއްޖެ އެވެ.
ސިނަމާތައް ހިންގާ މީހުންނާއި ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ތިބީ ލޮކްޑައުނަށް އިންޑިއާގައި ދެމުން އަންނަ ލުއިތަކުގެ ތިން ވަނަ ފިޔަވަހީގެ ދަށުން އަންނަ މަހު ސިނަމާތައް އަލުން ހުޅުވަން ހުއްދޭނެ ކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ސަރުކާރުން ބުދަ ދުވަހު ލުއި ދޭން ނިންމި ކަންކަމުގެ ތެރޭގައި ސިނަމާތައް ހުޅުވުމެއް ނުހިމެނެ އެވެ. މިއާއަކު އަނެއްކާ ވެސް މި ވަނީ ސިނަމާތައް ހުޅުވާނެ އިރަކާ ދޭތެރޭ ސުވާލު އުފެދި، ފިލްމީ ދާއިރާގެ މީހުންގެ މާޔޫސްކަން ދިގުލައިގެން ގޮސްފަ އެވެ.
އަންލޮކް ތިނެއްގެ ދަށުން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ހާއްސަ ފިޔަވަޅުތަކަކާ އެކު ޖިމާއި ޔޯގާ އިންސްޓިޓިއުޓް ފަދަ ތަންތަން އަންނަ މަހުގެ 5 އިން ފެށިގެން ހުޅުވަން ހުއްދަ ދިނުމެވެ.
Ministry of Home Affairs (MHA) issues #Unlock3 guidelines
— DD News (@DDNewslive) July 29, 2020
- Schools, colleges to remain closed till August 31
- Yoga institutes, Gyms can open from August 5
- Cinema halls, theaters, bars to remain shut
- Metro services to remain shut
- No relief in containment zones yet pic.twitter.com/nBNrTNynuC
ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް އަދި އަހަރަކު އާންމުކޮށް 2،000 އެއްހާ ފިލްމު ނެރޭ އިންޑިއާގެ ސިނަމާތައް ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ބަންދުކުރަން ޖެހުމަކީ މި ފަހުގެ ތާރީހެއްގައި ފިލްމީ ދާއިރާ އަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ. މި ގެއްލުން އެތައް ކްރޯޑް ރުޕީސްއަކަށް އަރަ އެވެ.
Cinemas to remain shut, at least till 31st August. Permission not granted to cinemas, schools and colleges to reopen from 1st August. Gyms permitted.
— Komal Nahta (@KomalNahta) July 29, 2020
އިންޑިއާގެ ސިނަމާތައް މާޗް މަހުގެ ތެރޭގައި ބަންދުކުރި އިރު، އެންމެ ފަހުން ހިންދީ ސިނަމާގައި އެޅުވި ބޮޑު ފިލްމަކީ މާޗް 13 ގައި ރިލީޒްކުރި، ކުރީގެ އެކްޓަރު އިރްފާން ޚާންގެ "އަނގްރޭޒީ މީޑިއަމް" އެވެ. ސިނަމާތަކުގައި ބަންދު ބޯޑު އަޅުވަން ޖެހުނީ އެ ފިލްމު ރިލީޒްކުރިތަނާހެންނެވެ.
ސިނަމާރައް ބަންދުކުރަން ޖެހުމުން މި އަހަރު ރިލީޒްކުރަން ހުރި ބައެއް ފިލްމުތައް މިހާރު ޑިޖިޓަލް ޕްލެޓްފޯމްތަކުން ޕްރިމިއާކުރަން ނިންމާފައިވާ އިރު، ބައެއް ފިލްމުތައް ވަނީ ސިނަމާތަކުގައި ނޫނީ ނާޅުވަން ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ސަލްމާން ޚާންގެ "ރާދޭ" އާއި ރަންވީރު ސިންގްގެ "83" ގެ އިތުރުން ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1" ފަދަ ބޮޑެތި ފިލްމުތައް ހިމެނެ އެވެ.
އިންޑިއާގެ ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން މިހާރު ލަފާކޮށްފައިވާ ގޮތުގައި ސިނަމާތައް ހުޅުވަން އެންމެ އަވަހަށް ވެސް ހުއްދަ ދޭނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ސިނަމާތައް ހުޅުވަން ހުއްދަ ދިނުން ލަސްވަމުން ދިޔަ ނަމަވެސް ފިލްމާއި ޓީވީ އިފެއްދުންތަކުގެ ޝޫޓިންތަކަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ހުއްދަ ދީފަ އެވެ. އެއީ ހާއްސަ ފިޔަވަޅުތަކަކާ އެކީގަ އެވެ.
އަހާންގެ "ތަޅަޕް" އުންމީދުކުރި ވަރަށް ވުރެ ކާމިޔާބު
"ޗަންދީގަޅް ކަރޭ އާޝިގީ" ވަރަށް ކަމުގޮސްފި
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް
ޖޯން ބޭނުން ވަނީ ސަލްމާނާ "ތަޅާފޮޅަން"
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
ފިތުރު އީދުގައި ސަލްމާނާއި ޖޯންގެ ކުރިމަތިލުމެއް
އިންޑިއާގެ ސިނަމާތައް ހުޅުވާނީ މޯދީގެ ފިލްމުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އިންޑިއާގެ ސިނަމާތައް މި މަހުގެ 15 ގައި ހުޅުވަނީ
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ