29 ސެޕްޓެމްބަރ 2020
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް ފަސްކޮށްދޭން އެދުމުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް ފަސްކޮށްދޭން އެދުމުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރުކޮށްފައި ވާތީ، އެސްޑީއެފްސީން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ލޯނުތައް ވެސް އަނބުރާ ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ.
އެސްޑީއެފްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މޮރެޓޯރިއަމަށް އެދި ހުށައަޅަން ގިނަ ބަޔަކަށް ދަތިވެފައި ވާތީ، އެކަމަށް އެދެން އިތުރު ފުރުސަތެއް ދިނީ ކަމަށެވެ.
ލޯނު ފަސްކޮށްދޭން އެދި ހުށަހެޅުމަށް ފުރަތަމަ ދިން މުއްދަތު މިދިޔަ ހުކުރު ދުވަހަށް ވަނީ ހަމަވެފަ އެވެ.
އެސްޑީއެފްސީ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރު ކުރަން ނިންމިޔަސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނަގާފައިވާ ކަސްޓަމަރުންނަށް އެކަންޏެވެ. ރިލީފް ސްކީމް ދަށުން ނަގާ ލޯނުތައް މީގެ ތެރެއަކު ނުހިމެނެ އެވެ.
އެހެން ބައެއް ބޭންކުތަކުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމާ ގުޅިގެން ލޯނުތައް ފަސްކޮށްދީފަ އެވެ.
ސްޓިމިޔުލަސް ލޯނުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި
ކުރިން އީއައިބީ ލޯނު ނެގި މީހުންނަށް މިފަހަރު ނުލިބޭނެ
ވިޔަފާރިތަކަށް 968 މިލިއަން ރުފިޔާ ދޫކޮށްފި
އެސްއެމްއީ ބޭންކުގެ ލޯނު މުއްދަތު އިތުރުކޮށްފި
އާ ލޯނު ދޫކުރުން އެސްޑީއެފްސީން މަޑުޖައްސާލައިފި
އެސްއެމްއީ ލޯނު ދެއްކުން ހަ މަހަށް ފަސްކޮށް ދީފި
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި
އެސްއެމްއީ ލޯނު އަންނަ ހަފުތާގައި ދޫކުރާނެ: ރައީސް
އެސްއެމްއީ ބޭންކު އުފައްދާނީ ތިން ސިޓީގެ ހިއްސާއާ އެކު: ރައީސް
ލޯނު މާފުކޮށްދެއްވާނެ ގޮތް ގާސިމް ކިޔައިދެއްވައިފި