14 މާޗް 2019
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ގާސިމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ރަށް ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަމަކީ އެ ރަށެއްގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައި ދިނުން ކަމަށެވެ.
އެގޮތުން، އެސްއެމްއީ ބޭންކް ހުޅުވައި އަންނަ ހަފުތާގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުގެ މަސައްކަތް ފެށުމަށް، ފައިނޭންސިން ބިޒްނަސް ލައިސެންސް މިދިޔަ މަހު ވަނީ ދޫކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ 100 ޕަސެންޓު ސަރުކާރުން ހިއްސާވާ، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަސް ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ހެދުމެވެ. އަދި އެކަމަށް، ކުންފުނިތައް ރީސްޓްރަކްޗާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކް ހިންގަން ލައިސަންސް ދީފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
އާ ލޯނު ދޫކުރުން އެސްޑީއެފްސީން މަޑުޖައްސާލައިފި
އެސްއެމްއީތަަކަށް 335 މިލިއަން ރުފިޔާ ދީފިން: ރައީސް
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި
އެސްއެމްއީ ބޭންކު އުފައްދާނީ ތިން ސިޓީގެ ހިއްސާއާ އެކު: ރައީސް
އާންމު ހުރިހާ ބޭންކަކުން ކްރެޑިޓް ގެރެންޓީގެ ލޯނު ދެނީ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި