20 ސެޕްޓެމްބަރ 2020
ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް ކަމަށާއި މި އިންވެސްޓްމެންޓުތަކުގެ ނަތީޖާ ފެންނަން އަހަރުތަކެއް ހޭދަވާނެ ކަމަށްް ފިނޭންސް މިނިސްޓަރު އިބްރާހީމްް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް ކަމަށާއި މި އިންވެސްޓްމެންޓުތަކުގެ ނަތީޖާ ފެންނަން އަހަރުތަކެއް ހޭދަވާނެ ކަމަށްް ފިނޭންސް މިނިސްޓަރު އިބްރާހީމްް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކާ ހަވާލުވާން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ، ބަލިމަޑުކަމާ ހެދި ދުނިޔޭގެ އިގްތިސާދު ހީނަރުވަމުން ދަނީ ކަންބޮޑުވާހާ ބާރަށް ކަމަށެވެ. އެ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް ވެސް މިހާރު އާދެވިފައި ވަނީ ހަތަރުއަނގޮޅިއެެއްގެ ކަންމައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރިމަތިވެފައި ވަނީ އަމީރު ވިދާޅުވި ގޮތުގައި މުޅިން ތަފާތު ގޮންޖެހުންތަކެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުނުވުމުގެ ބިރު އެބަ އޮތް ކަމަށް ވެސް މިނިސްޓަަރު ވިދާޅުވި އެވެ.
"ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުން، ބަނދަރު ހެދުން، ތައުލީމު އަދި މީހުންއުޅޭ ހުރިހާ ރަށަކުން ސިއްހީ ހިދުމަތް ލިބޭގޮތް ހެދުން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިމެނޭ ގޮތުން އަޅުގަނޑުމެންގެ ތަރައްގީގެ އުއްމީދީ އެޖެންޑާ ބަރޯސާކުރަން ޖެހިފައި މި އޮތީ ބޭރުގެ ދަރަންޏަށް. މި އިންވެސްޓްމެންޓްތަކުގެ ނަތީޖާ ފެންނާނީ އަދި އަހަރުތަކެއް ފަހުން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ހެދި ރާއްޖޭގެ ޓޫރިޒަމް ހުއްްޓި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ވަަރަށް ވުރެ، ލިބުނު އާމްދަނީ ވަނީ 50 ޕަސެންޓަށް ވުރެ ވެސް މަދުވެފަ އެވެ. އެކަމަކު، މި ހާލާތުގައި ވެސް ހިދުމަތްތައް ނުހުއްޓުމުގެ އިތުރުން ކޮވިޑުގެ އިގުތިސާދީ ގެއްލުމާ ކުރިމަތިވި މީހުންނަށް އެހީތެރިވާން ވެސް ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތަކަށް މިހާތަނަށް 900 މިލިއަނަށް ވުރެ ގިނަ ފައިސާ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ދީފަައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 67.8 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑް މެނޭޖު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ދުވާލަކަށް 3،000 ސާމްޕަލް ޓެސްޓް ކުރެވޭ ވަރަށް ގާބިލްކަން އިތުރު ކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރީ ސިވިލް ސާވަންޓުންގެ މުސާރަ ކުޑަނުކޮށް. ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކަށް ފައިސާ ދައްކަމުން އަދި އިޖުތިމާއީ ހިދުމަތްތަކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ދެއްކުުމުގައި ބުރުލެއް ނާރުވައި،" މިނިސްޓަރު ވިދާޅުވި އެވެ.
މި ހާލަތުގައި ދިވެހި ސަރުކާރަށް މި ހުރިހާ ކަމެއް ކުރެވުނީ އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.
"މި އުނދަގޫ ވަގުތުގައި ވެސް ދެގޮތެއް ނުވެ އެހީތެރިވެދިން ކަމަށްޓަކައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އަޅުގަނޑު އިޅުލާސްތެރި ޝުކުރު އަދާކުރަން،" އަމީރު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްްޖެ އަށް ދޭން ކަނޑައެޅި 250 މިލިއަން ޑޮލަރު (3.85 ބިލިޔަން ރުފިޔާ) މިއަދު ދޫކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށެވެ. މިއީ، އިންޑިއާ އިން ބުނި ގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
ހަތަރު އަހަރުގެ ތެރޭގައި 37 ބިލިިއަންގެ ލޯނު ނަގައިފި
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ވޭތުވެދިޔަ ދެ އަހަރު 73 ޕަސެންޓަށް ދަރަނި އިތުރުވި
ސަރުކާރުން މިހާރުވެސް 57 ލޯނަކަށް ފައިސާ ދައްކާ
ދަރަންޏާ ބެހޭ ގޮތުން މަޝްވަރާކުރަން ތައްޔާރު: ޗައިނާ
2026 ގެ ދަރަނީގެ ބައެއް އަންނަ އަހަރު ދައްކަނީ
"ދަރަންޏާ އަޅާ ބަލާއިރު ސޮވަރިން ފަންޑް މާ ކުޑަ"
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު
މިދިޔަ އަހަރު 8 ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނެގި