Roadha Mihaaru
އެދެވޭ ބަދަލު ކޮންމެވެސް ވަރަކަށް އެބަ ފެނޭ: ޓެގް

އެދެވޭ ބަދަލު ކޮންމެވެސް ވަރަކަށް އެބަ ފެނޭ: ޓެގް

20 ސެޕްޓެމްބަރ 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި އެންމެ ފަހުން އެޅި ފިޔަަވަޅުތަކަށް އާއްމުން އަމަލުކުރަމުން އަންނާތީ ހެޔޮ ބަދަލުތަކެއް އަންނަތަން މިހާރު ފެންނަ ކަމަށް ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި އެންމެ ފަހުން އެޅި ފިޔަަވަޅުތަކަށް އާއްމުން އަމަލުކުރަމުން އަންނާތީ ހެޔޮ ބަދަލުތަކެއް އަންނަތަން މިހާރު ފެންނަ ކަމަށް ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ މަހާ އަޅާބަލާއިރު މިހާރު އައިސްފައިވާ ހެޔޮ އެއް ބަދަލަކީ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުން ކަމަށެވެ. އަނެއް ބަދަލަކީ ހަފުތާއެއްގެ ތެރޭގައި ފެންނަ ކޭސްތަކުގެ އަދަދު މިދިޔަ މަހާ އަޅާބަލާއިރު ދަށްވުމެވެ.

"އެކަމަކުވެސް އަދިވެސް މި ނަމްބަރުތައް ދަށަށް އަންނަނީއޭ ބުނަން ތަންކޮޅެއް އަވަސް. އަޅުގަނޑު ބުނާނީ މިހާރު އެ އަދަދުތައް ކޮންމެވެސް ވަރަކަށް ސްޓޭބަލްވާ ކަމުގެ ނިޝާންތަކެއް ފެނެޔޭ ނުވަތަ ޕްލޭޓިއުވާ ކަމުގެ ނިޝާންތަކެއް ފެެނެޔޭ،" ޝަހީދު ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކާ އެކު ޝަހީދު މިރޭ ދެއްވި މައުލޫމާތުން އެނގުނު ގޮތުގައި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މިދިޔަ މަހު ހުރީ 18 ޕަސެންޓްގަ އެވެ. އެކަމަކު މިމަހުގެ ފުރަތަމަ ދެހަފުތާގައި އެ ނިސްބަތް ވަނީ އެ ނިސްބަތް ވަނީ 13 ޕަސެންޓަށް ދަށް ވެފަ އެވެ. މިހާރު އައިސްފައިވާ އަނެއް ބަދަލަކީ ކޮވިޑްގެ މީހުން އެޑްމިޓްކޮށްފައި ތިބި އަދަދު މަދުވުމެވެ.

ކޮވިޑް-19ގެ ބެޑް އޮކިއުޕަންސީ ރޭޓް ދައްކައިދޭ ޗާޓެއް

ކޮވިޑް-19ގެ ބެޑް އޮކިއުޕަންސީ ރޭޓް ދައްކައިދޭ ޗާޓެއް

ކޮވިޑަށް ފަރުވާދޭން މީހުން އެޑްމިޓްކުރަން ޖެހޭ އެނދުތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް މިދިޔަ މަހު ބޭނުންކުރަން ޖެހުނު އިރު މިމަހުގެ ފުރަތަމަ ދެހަފުތާފައި ބޭނުންކުރީ ގާތްގަނޑކަަށް 50 ޕަސެންޓެވެ. އެނދުތަކުގެ 80 ޕަސެންޓް ބޭނުންކުރަން ޖެހުނީ މިދިޔަ މަހު ކޭސްތަކުގެ އަދަދު އެންމެ މައްޗަށް ދިޔައިރު އެވެ.

ކްލަސްޓާތަކާ ގުޅުމެތް ނެތް މީހުން ކޮވިޑަށް ޕޮޒިޓިވްވި ވަރު ވެސް މިދިޔަ ތިން ހަފުތާގައި އިތުރުވެފައެއް ނުވެ އެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރި 1،400 މީހުންގެ ތެރެއިން އެބަައްޔަށް ޕޮޒިޓިވްވީ 81 މީހުންނެވެ. އޭގެ ތެެރެއިން 58 މީހުންނަކީ ދިވެހިންނެވެ. މިއަދުގެ ކޭސްތަކާއި އެކު ރާއްޖޭން އެބައްޔަން ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 9،649 އެވެ. އޭގެ ތެރެއިން 8،188 މީހަކު ބަލިން ރަނގަޅުވި އިރު އެބަލީގައި 33 މީހަކު ވަނީ މަރުވެފަ އެވެ.

މިހާރު އަޅާފައިވާ ރައްްކާތެރިކަމުގެ ފިޔަވަޅުތަކަށް އެހެންވެ އަދި ދުލެއް ދެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮވިޑަށް ލިބޭ ދާއިމީ ހައްލަކަށް ނުވާތީ ސްކޯ ދަށަށް ދިޔަސް ރައްކާތެރިކަމަށް ދޭ ސަމާލުކަން އަދި ކުޑަކޮށްގެން ނުވާނެ އެވެ.