Roadha Mihaaru
ދުވާފަރު މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ދުވާފަރު މަގު ހަދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

14 ސެޕްޓެމްބަރ 2020

ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރުގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 37.8 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ދުވާފަރުގައި ފައި މަގުގައި އުޅެވޭ ގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ހަދައި ދުއްވޭ ގޮތަށް 17،790 އަކަމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި ކޭބަލް ހޮޅި ވަޅުލުމާއި މަގުމަތީ ނިޝާން ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.