27 އޮކްޓޯބަރ 2016
އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މާދަމާ ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވާން ނިންމައިފި އެވެ.
އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މާދަމާ ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވާން ނިންމައިފި އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމް ކުރާ މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ހަވީރު 4:00 އިން ފެށިގެންނެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 250 ދުވުންތެރިން ބައިވެރިވެ އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ މުވައްޒަފުން ވެސް ދުވާނެ ކަމަށެވެ. އަދި އެ ހަރަކާތް އިންތިޒާމް ކުރުމުގައި ވެސް ބޭންކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް ބުންޏެވެ.
"މި ދުވުމަކީ މީހުން މިކަމުގައި ބައިވެރިކުރުވާ، ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް އާންމުންނަށް އަންގައިދޭ މުހިންމު ހަރަކާތެއް. މިކަހަލަ ހަރަކާތަކަށް އަޅުގަނޑުމެންގެ އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ.
މިއަހަރުގެ ކުރީކޮޅު ބީއެމްއެލް އިން ވަނީ ކެންސާ ސޮސައިޓީއާ އެކު ބޭންކުގެ މުވައްޒަފުންނާއި އެ މީހުންގެ ބައިވެރިންނަށް އަމާޒުކޮށްގެން ކެންސަރަށް ސްކްރީން ކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގާފަ ވެވެ. އަދި ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި ކެންސަރުގެ އަލާމާތެއް ފެނޭތޯ ގަވާއިދުން ބެލުމުގެ މުހިންމުކަމާ ބެހޭ ގޮތުން މައުލޫމާތު ސެޝަންތަކެއް ވެސް ވަނީ ބާއްވާފަ އެވެ.
ބީއެމްއެލްގެ އެހީ ކެންސަ ސޮސައިޓީއަށް
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ
ޕިންކް ރިބަން ވޯކް އަންނަ ހޮނިހިރު ދުވަހު
ކެންސަރުގެ ހިތި ރަހައިން ފާތުން ނެރުނު "ރަސްރަހަ"
ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ކެންސަރަށް ފަހު ދިމާވާ ގޮންޖެހުންތަކާބެހޭ ފޮތެއް
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި
ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި