ބީއެމްއެލް އިން މިއަހަރު ވެސް ކެންސަ ސޮސައިޓީއަށް އެހީވާން ނިންމައިފި އެވެ.
28 އޮކްޓޯބަރ 2021
ބީއެމްއެލް އިން މިއަހަރު ވެސް ކެންސަ ސޮސައިޓީއަށް އެހީވާން ނިންމައިފި އެވެ.
ކެންސަރު ބައްޔާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ކެންސަ ސޮސައިޓީން އަންނަނީ ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް ހިންގަމުންނެވެ. ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ މިއަހަރު އެ ޖަމިއްޔާއަށް 150،000ރ. ހަދިޔާކޮށްފަ އެވެ.
މިއީ ބޭންކުން ކެންސަ ސޮސައިޓީގެ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ ހަ ވަނަ އަހަރެވެ.
އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށް ކެންސަ ސޮސައިޓީން ކުރިއަށްގެންދާ "ޕިންކް ރިބަން ރަން-ވޯކް" މިއަހަރު ވެސް ބާއްވާނެ އެވެ. ވާޗުއަލްކޮށް މި ހަރަކާތް ބާއްވާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ އެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ކެންސާ ސޮސައިޓީއަށް ފައިސާގެ އެހީ ވެވޭނެ އެވެ.
ބީއެމްއެލް އާއި ކެންސަ ސޮަައިޓީއާ ދެމެދު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން އެ ޖަމިއްޔާއިން ވަނީ ބޭންކުގެ މުވައްޒަފުންނަށް ހިކޭ ކެންސާ ސްކްރީނިން ޕްރޮގްރާމެއް ބާއްވައިފަ އެވެ. އަދި ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔައިދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކެންސަރާ ގުޅޭ ދުވުމުގައި ބީއެމްއެލް އިން ބައިވެރިވަނީ
ބީއެމްއެލުން ކެންސަ ސޮސައިޓީއަށް 150،000ރ.
ޕިންކް ރިބަން ވޯކް އަންނަ ހޮނިހިރު ދުވަހު
ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000ރ
ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ހޮޓެލިއާ އެވޯޑްސްގެ ބިޒްނަސް ޕާޓްނަރަކަށް ބީއެމްއެލް
"ބިޒް ވީކު"ގެ ބެންކިން ޕާޓްނަރަކީ ބީއެމްއެލް